ހުސްވެފައިވާ ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރުވެސް އެއްވެސް ކެނޑިޑޭޓަކު ކުރިމަތިނުލާތީ، އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް އިއުލާނު ކޮށްފައިވާ ހއ.ތަކަންދޫ, ތ.ވިލިފުށި, ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް މިއަދާ ހަމައަށް އެއްވެސް ކެނޑިޑޭޓަކު ކުރިމަތި ލައްވާފައިނުވާކަމަށެވެ.
މި ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް ދެވިފައިވާ މުއްދަތު ބުދަ ދުވަހަށް ހަމަވާނެ ކަމަށާއި، މިމުއްދަތުގެ ކުރިން މިއިންތިޚާބުތަކަށް ކުރިމަތި ލައްވަން އެދޭ ފަރާތްތަކުން އިލެކްޝަނަށް ފޯމު ހުށަހެޅުމަށް އެކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
05 ފެބުރުވަރީ 2022 ގައި ބޭއްވުމަށް އިއުލާނު ކޮށްފައިވާ ހއ.ތަކަންދޫ, ތ.ވިލިފުށި, ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް މިއަދާ ހަމައަށް އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައި ނުވޭ.
1/2— Elections Commission (@ElectionsMv) January 3, 2022
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއިއެކު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކުގައި އެރަށްތަކުގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސްވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ