ބައެއް ފަހަރު އެކޮށްލާ ތުހުމަތުތަކުން އަންތަރީސް ވާވަރުވޭ: އަލީ ޒައިދު

ބައެއް ފަހަރު އެކޮށްލާ ތުހުމަތުތަކުން އަންތަރީސް ވާވަރުވޭ: އަލީ ޒައިދު

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 06:53
0

ސިޔާސީ މަންފާ ހާސިލް ކުރުމަށް ބައެއް ބޭފުޅުން ކުރައްވާ ތުހުމަތުތަކުން އަންތަރީސްވާ ކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ އިލްމުވެރިންނާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަތައް ދޮގުކޮށް އަލީ ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކަމުގެ ހަގީގަތް ބެލުމެއްނެތި އަދާލަތު ޕާޓީގެ އިލްމުވެރިންނާއި ދިމާލަށް އެއްޗިހި ކިޔުން އާންމު ވެފައިވާކަމަށެވެ. އަދި މިގޮތަށް ކިޔާ އެއްޗިހިތަކުގައި ބައެއް ފަހަރު ކުރާ ތުހުމަތުތަކުން އަންތަރީސްވާ ވަރުވާކަމުގައި އަލީ ޒައިދު ވިދާޅުވިއެވެ.

އަލީ ޒައިދު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ ޝައިޚު އިލްޔާސް ހުސެއިން ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ދައްކާވާހަތަށް ކުށްވެރިކޮށް ޑރ.އިޔާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ޑރ.އިޔާޒު ވިދާޅުވީ އިލްމެއްނެތި ދީނީ ފަތުވާ ދޭ ފަރާތްތަކާއި ދެކޮޅަށް ޝައިޚު އިލްޔާސް ދައްކަވަފައިވާ ވާހަތައް ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާކަމަށެވެ. މިއީ ސީދާ ހަގީގަތް އެގިތިބެ ހަގީގަތް އޮޅުވާލުމަށް ކުރަމުންދާ ކަމެއްކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

ޝައިޚު އިލްޔާސާއި، އަލީ ޒައިދާއި، ޑރ.އިޔާޒު އަކީ އަދާލަތް ޕަޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިންނެވެ. ބައެއް ފަރާތްތަކުން އެކި ހާލަތްތަކުން މިބޭފުޅުން ދައްކަވާ ވާހަތަކުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާ މައްސަލާގައި މީގެކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިތިން ބޭފުޅުންވަނީ އިއްޔެ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށް އޭޖީ ދެއްކެވި ވާހަކަތައް ކުށްވެރިކޮށްފައެވެ.

މިބޭފުޅުންވަނީ މިކަމުގައި އޭޖީ ތައުބާވާން ގޮވާލާފައެވެ. އަދި އިސްލާމްދީން އަމުރުކުރައްވާފައިވާ ކަމެއް އެހެން ގޮތަކަށް ބަދަލު ކުރުމަކީ ނުކުރެވޭނެ ކަމެއްކަމަށް މިބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.