ތިބާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ މަޙްރަމަކަށް ތިބާގެ ފިރިމީހާ ވާނެތަ؟

ތިބާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ މަޙްރަމަކަށް ތިބާގެ ފިރިމީހާ ވާނެތަ؟

ގުޅުންހުރި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ތިބާގެ ފިރިމީހާއަކީ އެއްބަނޑު އެއްބަފާ ކޮއްކޮ އަށް ހިލޭމީހެކެވެ. އެހެންކަމުން އޭނާ އަކީ މަޙްރަމަކަށް ނުވާނެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِيَّاكُمْ وَالدُّخولَ عَلَى النِّسَاءِ ، فَقَالَ رَجُلٌ مِنَ الْأَنْصَارِ: يَا رَسُولَ الله ، أَفَرَأَيْتَ الْحَمْوَ ؟ قَالَ: الْحَمْوُ الْمَوْتُ)މާނައަކީ: "ތިޔަބައިމީހުން އަންހެނުންގެ ގާތަށް ވަދެ އުޅުމުގައި ރައްކާތެރިވާށެވެ. އެހިނދު އަންޞާރިއްޔަ ބޭކަލަކު ސުވާލުކުރެއްވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. "ޅިއެން ފަހަރިންވެސް ތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ޅިއެން ފަހަރިންނަކީ މަރެކެވެ".

މި ޙަދީޘް ގެ ޝަރަޙާ ގައި އަލްއިމާމް ނަވަވީ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މި ޙަދީޘް ގައި ޅިއެން ފަހަރިންނަކީ "މަރެއް" ކަމުގައި ޞިފަ ކުރައްވާފައި ވަނީ އެބައިމީހުންގެ ފަރާތުން ނިކުންނަ ފިތުނަވެރިކަމުގެ ބޮޑުކަމާއި ބިރުވެރިކަމުގެ ސަބަބުންނެވެ. ސަބަބަކީ ދުރުހިލޭ އެހެން މީހުންނާއި ތަފާތުކޮށް ޅިއެން ފަހަރިންނަށް އެކަހެރިވެ، ގޯސްމަގަކުން ދިޔުމަށް ފުރުޞަތު ބޮޑުވުމެވެ".

މިކަމަކީ ދިވެހި މުޖްތަމަޢުގައި ކަމަކަށް ނުހަދާ ފަސޭހަ ކޮށްލެވިފައިވާ ކަމެކެވެ. ދައްތަގެ ފިރިމީހާއާއި އެކު ސައިކަލް ބުރުޖެހުމާއި، ދަތުރު ދިޔުމާއި، މިނޫންވެސް މިފަދަ ކަންތައް ދިވެހި މުޖްތަމަޢުގައި ހިނގާތަން ވަރަށް ގިނައިން ފެނެއެވެ.

އެހެންނަމަވެސް، ޙަގީގަތުގައި ކަމަކީ ވަރަށްވެސް ޚުޠޫރަތްތެރިކަން ބޮޑު ކަމެކެވެ. ވީމާ، މިކަމާ ސަމާލުވުމަށް އެންމެހައިފަރާތް ތަކަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ