މާދަމާ ވެކްސިން ދިނުމައި، ސާމްޕަލް ނެގުން މެދުކަނޑާލަނީ

މާދަމާ ވެކްސިން ދިނުމައި، ސާމްޕަލް ނެގުން މެދުކަނޑާލަނީ

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2021 12:16
0

އާއަހަރުގެ ފުރަތަމަ ދުވަހު ކޯވިޑް-19ގެ ސާމްޕަލް ނެގުމާއި، ވެކްސިން ދިނުމުގެ ޕްރޮގުރާމު ކުރިއަށްނުގެންދާނެކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އޮޕަރޭޝަން ސެންޓަރުން މިގޮތަށް ނިންމާފައިވަނީ އާއަހަރުގެ ފުރަތަމަ ދުވަހު ވެކްސިން ސެންޓަރުތަކުގައާއި، ސަމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށްވެސް ޗުއްޓީ ދުވަހެއްގެ ގޮތުގައި ހެދުމަށެވެ. މާލެ ސަރަހައްދުގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ސާމްޕަލްތައް ނަގަމުން ދަނީ ސޯޝަލް ސެންޓަރާއި ވިލިމާލޭގައި އެކަމަށް ޚާއްސަކޮށްފައި ހުރި ސެންޓަރުތަކުންނެވެ. އަދި ސެނަހިޔާ އާއި ވިލިމާލެގައިވެސް ވަނީ ކޯވިޑްއަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކްތަކެއް ޤާއިމްކޮށްފައެވެ.

އަލާމާތްތައް ނުފެންނަ މީހުންނަށް ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ސާމްޕަލް ނެގޭނެއެވެ. އެއީ ސޯޝަލް ސެންޓަރުގައި ހަދާފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުންނެވެ. ފަހަކަށް އައިސް އެވަރެޖްކޮށް ދުވާލަކު ނަގާ ސާމްޕަލްގެ އަދަދުތައް އުޅޭނީ 3،000 އިން މަތީގައެވެ.

ކޯވިޑްގެ ވެކްސިން ދިނުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.