ޕީޕީއެމްއާއި، ގުޅުނު 350 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހަޅައިފި

ޕީޕީއެމްއާއި، ގުޅުނު 350 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހަޅައިފި

އިދިކޮޅު ޕީޕީއެމްއާއި އަލަށް ގުޅުނު 350 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ފަހަކަށް އައިސް ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅެމުންދާއިރު، އެޕާޓީން ގެންދަނީ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަޅަމުންނެވެ. އިއްޔެ އިލެކްޝަނަށް ހުށަހެޅި ފޯމުތަކަކީ މިހާތަނަށް އެޕާޓީއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ޕާޓީން ޗެކްކުރުމަށްފަހު ހުށަހެޅި ފޯމުތަކެއްކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެވެސް ގިނަ މެމްބަރުންތަކެއް ޕީޕީއެމްއާއި ދަނީ ގުޅެމުންނެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުންގެ ޝައުގުވެރިކަންވެސް ޕީޕީއެމްއާއި ގުޅުމަށް ދަނީ ފާޅު ކުރަމުންނެވެ.

ޕީޕީއެމްއިން ގިނަ އަދަދެއްގެ ފޯމް އިލެކްޝަނަށް ހުށަހަޅަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގައި ޞައްޚަ ނޫން ފޯމުތަކެއް ހުންނަކަމަށް ވިދާޅުވެފައެވެ. "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުވާދު ވިދާޅުވީ ޕާޓީ އުފައްދަން ހުށަހަޅާ ފޯމު ސެޓުތަކުގައި، ސައްހަ ނޫން ފޯމު އިންތިހާއަށް ގިނަ ކަމަަކަށެވެ. މި މައްސަލަ ހައްލުކުރުމަށް ޕާޓީތަކުގެ އިސްވެރީންނާއެކު މީގެ ކުރީން ވެސް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ކަމަށް ފުވާދު ވިދާޅުވިއެވެ. މި ކަމުގައި ވަކި ޕާޓީއެއް އިސްތިސްނާވުމެއް ނެތް ކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ ހުރިހާ ޕާޓީތަކަށް ވެސް މި މައްސަލަ ދިމާވެފައިވާ ކަމަށެވެ.

ފުއާދުގެ ވާހަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގައިވެސް ކުރިން މަސައްކަތް ކުރެއްވި ތޮލާލް ވިދާޅުވީ އިދިކޮޅު ޕީއެންސީ އުފެއްދުމަށް އޭރު ކުރި މަސައްކަތުގައި އިލެކްޝަންސް ކޮމިޝަނުން ފޯމު ހުށަހެޅި ހުރިހާ މީހުންނަށް ވަކިވަކިން ގުޅިކަމަށެވެ. އަދި ނުގުޅޭ މީހުންނަށް ޕާޓީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތުވެސް ދީފައި ނުވާކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީތަކާއި މެދުވެސް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭނީ ހަމަހަމަ އުސޫލަކުން ކަމަށާއި، ވަކި ބަޔަކަށް ވުމުން ވަކި ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްގެން ނުވާނެކަމަށް ތޮލާލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *