މިދިޔަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދިޔަ އެކްޓަރ ފަރާޒް ޚާން މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ ބަނޑުގައި އިންފެކްޝަނެއް ހެދިގެންނެވެ. އޭނާ މަރުވެއްޖެކަން ހާމަކޮށްފައި ވަނީ ޕޫޖާ ބަޓް އެވެ. ޕޫޖާ ބަޓްއަކީ ފަރާޒް ޚާން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން، އޭނާގެ އާއިލާއިން ފައިސާ ބޭނުންވެ، އެކަމަށް އާއްމުންގެ އެހީއަށް އެދެމުން އެ އާއިލާއަށް ފޯރުކޮށްދިން އެކަކެވެ.
އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް ފަރާޒް ޚާން މަރުވެއްޖެ ކަމަށްބުނެފައެވެ. ފަރާޒް ޚާން މަރުވެފައި ވަނީ، ސަލްމާން ޚާންވެސް އޭނާގެ ހޮސްޕިޓަލް ބިލްތައް ދައްކާނެ ކަމަށް އަންގާފައިވަނިކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވިއިރު، އުމުރަކީ 46 އަހަރެވެ.
އޭނާގެ ބައެއް ފިލްމްތަކަށް ބަލާއިރު، 1998 ވަނަ އަހަރު ނެރުނު ފިލްމް މެހެންދީ އާއި 1996 ވަނަ އަހަރު ނެރުނު ފަރެބްގެ އިތުރުން 1999 ވަނަ އަހަރު ނެރުނު ދުލްހާން ބަނޫ މޭ ތޭރީ އާއި 2005 ވަނަ އަހަރު ނެރުނު ޗާންދް ބުޖް ގަޔާ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ