މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނީ ރައީސް ޞާލިހުގެ ސަރުކާރުން: ނިހާދު

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނީ ރައީސް ޞާލިހުގެ ސަރުކާރުން: ނިހާދު

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދައިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުނުލިބިގެން އުޅެނިކޮށް، ހުޅުމާލެއިން ބިންތަކެއް ވިއްކުމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ނިހާދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލުކޮށް، އެކަމަށް ތަސައްލީއެއް ގެނެސްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށެވެ.

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން.

– ނިހާދު ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިވަގުތުވެސް 6000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގެ ތެރެއިން ހުޅުމާލޭގައި ފަސް ހާސް ހައުސިން ޔުނިޓުގެ ތިން މަޝްރޫޢެއް މިހާރުވެސް ކުރިއަށް ގެންދެއެވެ. އަދި އިތުރު ބައެއް ކުދި މަޝްރޫޢުތަކުގެ 1000 ހައުސިން ޔުނިޓުގެ މަސައްކަތާއެކު ޖުމްލަ 6000 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތު ކުރިއަށްދާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ވަނީ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫޢޫތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ. އަދި އަންނަ އަހަރަށް ދަޢުލަތުން ހުށައެޅީ ބަޖެޓުގައި ވަނީ ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫޢުއަށް 449 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން އެފޯޑަބަލް ހައުސިން މަޝްރޫޢޫއަށް 57 މިލިޔަން ރުފިޔާ ކަނޑައަޅާ 94 މިލިޔަން ރުފިޔާ އެކި އަތޮޅުތަކުގައި ހައުސިން މަޝްރޫޢުތައް ގެންދިޔުމަށް ބަޖެޓުގައި ވަނީ ކަނޑައަޅަފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ގޮރުވެސް ހެނޑޭނެ. އިންތިޚާބަށް ކައިރިވީމާ އަނެއްކާވެސް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ތިއުޅެނީ. ރައްޔިތުން ދެނެއް މޮޔަ ނުހެއްދޭނެ.

Leave a Reply

Your email address will not be published. Required fields are marked *