ކޯވިޑް19 އާއި ދެކޮޅަށް ބޭނުންކުރާނެ އިތުރު 2 ވެކްސިނަކާއި ބޭހަކަށް އިންޑިއާ ސަރުކާރުން ހުއްދަ ދީފި

ކޯވިޑް19 އާއި ދެކޮޅަށް ބޭނުންކުރާނެ އިތުރު 2 ވެކްސިނަކާއި ބޭހަކަށް އިންޑިއާ ސަރުކާރުން ހުއްދަ ދީފި

Author
ހުސެއިން
28 ޑިސެމްބަރ 2021 04:55
0

ކޯވިޑް19އާއި ދެކޮޅަށް ބޭނުން ކުރާނެ އިތުރު 2 ވެކްސިނެއްގެ އިތުރުން، އެންޓި ވައިރަލް ޑްރަގް (ވައިރަހާއި ދެކޮޅަށް ބޭނުން ކުރާ ބޭހެއް)އަކަށް އިންޑިއާ ސަރުކާރުން ހުއްދަ ދީފިއެވެ.

އިންޑިއާ ސަރުކާރުން ކޯވިޑާއި ދެކޮޅަށް ބޭނުންކުރުމަށް އަލަށް ހުއްދަ ދިން ދެ ވެސިންއަކީ ކޯބެވެކްސްގެ އިތުރުން ކޯވޯވެކްސްއެވެ. އަދި މީގެ އިތުރުން ހުއްދަ ދިން އެންޓި ވައިރަލް ޑްރަގްއަކީ މޮލްނުޕިރާވިރް އެވެ. މިއީ އިމަޖެންސީ ހާލަތުގައި ބޭނުން ކުރެވޭ ބޭހެކެވެ.

އިންޑިއާއިން ކޮވިޑް19އާއި ދެކޮޅަށް ބޭނުންކުރާނެ އިތުރު 2 ވެކްސިން ތައްޔާރު ކުރުމާއި ގުޅިގެން އެގައުމުގެ ހެލްތު މިނިސްޓަރު މަންސޫޚު މަންޑަވިޔާ ވިދާޅުވެފައިވަނީ، ވެކްސިން އުފެއްދުމުގައި އިންޑިއާއިން މިހާރު ހެޓްރިކް ހަދާފައިވާ ކަމުގައެވެ. ކޯވިޑް19 އާއި ދެކޮޅަށް އިންޑިއާއިން އެންމެ ފުރަތަމަ ތައްޔާރު ކުރި 2 ވެކްސިންއަކީ ބަރާތު ބައޯޓެކްގެ ކޯވެކްސިންއާއި ސީރަމް އިންސްޓިޓުއުޓް އޮފް އިންޑިއާ (SII)ގެ ކޯވިޝީލްޑް ވެކްސިންއެވެ.

އިންޑިއާގެ ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޯވިޑާއި ދެކޮޅަށް އުފައްދާފައިވާ އެންޓި ވައިރަލް ޑްރަގް މޮލްނުޕިރާވިރް އިންޑިއާގެ 13 ކުންފުންޏަކުން އުފައްދާނެ ކަމަށެވެ. އަދި މި ބޭސް ދިނުމަށް ހަމަޖެހިފައިވަނީ، އެމަޖެންސީ ހާލަތުގައި، ސިއްޙީ ސީރިއަސް މައްސަލަތައް ދިމާވެފައިވާ މީހުންނަށެވެ.

އިންޑިއާ ސަރުކާރުން އެންމެ ފަހުން ހުއްދަ މިދިން ވެކްސިންތައް ހިމެނޭގޮތުން، އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް، މިހާތަނަށް އިންޑިއާ ސަރުކާރުން ވަނީ 8 ވެކްސިނަކަށް ހުއްދަ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ކޯވިޝީލްޑް، ކޯވެކްސިން، ޒިކޯވީޑީ، ސްޕުންޓިކް V، ޖޯންސަން އެންޑް ޖޯންސަން، ކޯބެވެކެސްގެ އިތުރުން ކޯވޯވެކްސްއަށެެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސްވަނީ، ކޯވިޑް19 އާދައިގެ ހާލަތުން ފެށިގެން ބޮޑުވަރުވުމުގެ ރިސްކު އޮންނަ ބޮޑެތި މީހުންނަން އެންޓި ވައިރަލް ޑްރަގް މޮލްނުޕިރާވިރް ބޭނުންކުރުމުގެ ހުއްދަ ދާދި ފަހުން ދީފައެވެ. ފާއިތުވެދިޔަ ނޮވެމްބަރުމަހު އިނގިރޭސިވިލާތުންވެސް ވަނީ ޝަރުތުތަކަކާއެކު މި ބޭސް އެގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.