މަސްތުވާތަކެތި ސަޕްލައިކުރެވޭ މިންވަރު މަދުކުރެވުނީ އަވަށްޓެރި ޤައުމުތަކުގެ އެހީއާއިއެކު: އިމްރާން

މަސްތުވާތަކެތި ސަޕްލައިކުރެވޭ މިންވަރު މަދުކުރެވުނީ އަވަށްޓެރި ޤައުމުތަކުގެ އެހީއާއިއެކު: އިމްރާން

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 12:02
0

ރާއްޖެއަށް އެތެރެކުރެވޭ މަސްތުވާތަކެތީގެ މިންވަރު މަދު ކުރެވި އެމިންވަރު ހަލުކުރެވިގެން ދަނީ އަވަށްތެރި ޤައުމުތަކުގެ އެހީއާއި އެކުގައިކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި އޮތް ހަރަކާތަށްފަހު މިނިސްޓަރ އިމްރާން ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރެވޭ މަގުތައް ބަންދުކޮށް، ސަޕްލައި ކުރެވޭ މިންވަރު މަދު ކުރެވިގެންދަނީ އަވަށްޓެރި ޤައުމުގަތަކުގެ އެހީތެރި ކަމާއިއެކުގައި ކަމަށެވެ. މިއަދު ނައްތާލެވުނު 314.82 ކިލޯ އާއިއެކު މި ސަރުކާރު އައިފަހުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލެވިއްޖެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިއަދު ނައްތާލެވުނު 314.82 ކިލޯ އާއިއެކު މި ސަރުކާރު އައިފަހުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލެވިއްޖެ. މިއީ މަގުމަތީ އަގުން 1.8 ބިލިޔަން ގެ މަސްތުވާތަކެތި. މަސްތުވާތަކެތީގެ ސަޕްލައި ރިޑެކްޝަން މި މިންވަރަށް ހަލުވި ކުރެވުނީ އަވައްޓެރި އަދި އެކުވެރި ޤައުމުތަކުގެ އެހީ ބޮޑުކޮށްލިބޭތީ.

– އިމްރާން ވިދާޅުވިއެވެ

އިމްރާން ވިދާޅުވީ މަސްތުވާތަކެތިފަދަ ބޮޑު ވަބާއަކުން ޤައުމު ސަލާމަތް ކުރެވޭނީ ގިނަ ބައެއްގެ އެހީތެރި ކަމާއިއެކުގައި ކަމަށެވެ. ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކުން މިކަމާއި ދެކޮޅަށް ލިބެމުންދާ އެހީތެރިކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށާއި، އަދި އެކަން ކާމިޔާބުވެސް ނުވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޤައުމަށް ދިމާވެފައިވާ މިފަދަ ބޮޑު ވަބާއެއް ނައްތާލުމަށް މަސައްކަތް ހުއްޓުވުމަށް ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން، ބަލައިގަނެވިގެން ވާނެކަމެއްވެސް ނޫން.

– އިމްރާން ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓައި، އެކަމުގައި ބައިވެރިވާ މީހުންވެސް ހައްޔަރު ކުރެއެވެ. ނަމަވެސް މިމައްސަލަތަކުގައި މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ނުލިބެއެވެ. މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ފުލުހުން ކާމިޔާބު ކަމާއިއެކު ހިންގި ނަމަވެސް އެކަމުގައި ޝާމިލުވާ މީހުން ދުވާ މައްސަލައަކީ އޮތް އެންމެ ބޮޑު މައްސަލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.