ޖަލްސާ ބޭއްވުމަށް ހޯމް މިނިސްޓްރީންވި އެއްބަސްވުމާއި ޚިލާފްވެއްޖެ

ޖަލްސާ ބޭއްވުމަށް ހޯމް މިނިސްޓްރީންވި އެއްބަސްވުމާއި ޚިލާފްވެއްޖެ

ގުޅުންހުރި

ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުން ނުވާނޭހެއް އެއްބައިވަންތަކަމުގެ ޖަލްސާ ބޭއްވުމަށް އެއްބަސްވުމަށްފަހު ހޯމް މިނިސްޓްރީން އެއްބަސްވުމާއި ޚިލާފްވެފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުންވާނެހެން ހޯމްމިނިސްޓްރީއިން އަމަލު ކުރުމާއި ގުޅޭ ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ދައްކުވައިދޭ މުހިންމު ސަރަޙައްދެއްނަމަވެސް ފާއިތުވީ 3 އަހަރުގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި ތުރަފިލުވުމަށް އެއްވެސް މަސައްކަތެއްކުރެވިފައި ނުވާއިރު، މާލޭ ސިޓީގެ މިދައުރުގެ ކައުންސިލްގެ ފަރާތުން ވަރަށްބޮޑު ހޭދައެއްކޮށްގެން މައިދާނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްދަނީ ކުރެވެމުން ކަމަށެވެ.

އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު މާލެ ސިޓީކައުންސިލާގެ ފަރާތުން ވަނީ ޖުމްހޫރީ މައިދާނުގައި ގިނަ އިންދުމުގެ މަސައްކަތްފަށައި 1 މަސްތެރޭގައި މި މަސައްކަތް ނިންމާލުމަށްފަހު ވިނަގަނޑު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް 3 ހަފްތާވަންދެން އެ ވިނަގަނޑުގެ ބޭނުންނުކުރުމަށާއި، ވިނަގަނޑު ހެދެން އަދި ވަގުތު ބޭނުންވާނެ ކަމަށް މާލެ ސިޓީކައުންސިލްގެ ފަރާތުން ހޯމްމިނިސްޓްރީ އާއި އެކު ކުރެވުނު މަޝްވަރާތަކުގައި ހިއްސާކުރެވިފައި ކަމަށެވެ.

އެހެންނަމަވެސް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ޓެންޓްފަދަ ތަކެތި ބެހެއްޓުމަށް، ވިނަގަނޑުގެ ބޭނުންކުރުމަށް ހޯމްމިނިސްޓްރީގެ ފަރާތުން، ކައުންސިލްގެ ހުއްދަ އަށް އެދި ސިޓީއެއް ފޮނުވުމާއި އެކު ކައުންސިލްގެ ފަރާތުން ވަނީ ވިނަގަނޑު ހަލާކުވާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދި ލިޔުމުންވެސް ހޯމް މިނިސްޓަރީއަށް އަންގާފައެވެ.

ސިޓީ ކައުންސިލުން ހޯމް މިނިސްޓްރީއަށް ފޮނުވި ޖަވާބުގައި ވާނީ ވަރަށް ތަފްސީލްކޮށް ޖުމްހޫރީ މައިދާނުގައި ޖަލްސާބޭއްވުމަށް ހުއްދަ ދެވެން ނެތް ސަބަބު ބަޔާންކޮށްދީފައެވެ. އަދި ހަމަ އެހެންމެ އެއްބައިވަންތަ ކަމުގެ ޖަލްސާބޭއްވުމަށް އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖަހާފައިވާ ސަރަޙައްދު ހަމަޖައްސައިދެއްވާނެ ކަމަށްވެސް ކައުންސިލްގެ ފަރާތުން ހޯމް މިނިސްޓްރީއަށް ވަނީ އަންގާފައެވެ. މިކަމާއި ގުޅިގެން ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައިވެސް އެއްބަސްވެފައިވަނީ ވިނިގަނޑުގެ ބޭނުންކުރެވޭނީ ސިޓީ ކައުންސިލާއި ހޯމް މިނިސްޓްރީއާއި ދެމެދު ކުރެވުނު މަޝްވަރާގެމަތިން ކަމަށް 2 ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.

"ޖުމްހޫރީ މައިދާނުގައި ޓެންޓްފަދަތަކެތި ޖެހުން މި ކައުންސިލުން މަންކޮށްފައިވަނީ ވިނަތައް ހެއްދުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުކޮށްފައިވުމާއި، ވިނަތަކަށް އެކަށީގެންވާގޮތަށް އަވިނުލިބޭނެހެން ޓެންޓްޖަހާފައި ބެހެއްޓުމަކީ ވިނަގަނޑު ހަލާކުވެގެން ދާނެފަދަކަމެއް ކަމަށްވާތީއެވެ. އެހެން ނަމަވެސް މާލެ ސިޓީ ކައުންސިލްގެ އެންގުމަށް އިޙްތިރާމް ކުރުމެއްނެތި ޖުމްހޫރީމައިދާނުގެ ވިނަގަނޑަށް ގެއްމު ޓެންޓް ޖެހުމާއި އެހެނިހެން މަސައްކަތްތައްކޮށްފައިވާތީ އެކަން މާލެ ސިޓީކައުންސިލުން ކުށްވެރިކުރަމެވެ." މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހޯމުމިނިސްތޓަރޭގަހުންނަވަނ ވ ބޯހަރު މަސްލަހަތަށް ނުބަލާ އަމިއްލައެދިންބޮޑުބޭގުޅެން ވީމަ ވާނީއެހެންނު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ