މާވަށު ބަނދަރަށް ނަލަކަން، މަސައްކަތް ނިމުމާއި ގާތަށް

މާވަށު ބަނދަރަށް ނަލަކަން، މަސައްކަތް ނިމުމާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 10:08
0

ލ.މާވަށު ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ މާވަށު ބަދަރުގެ ތަފްސީލަށް ބަލާއިރު، ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައިވާކަމަށްވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރު އޭޕްރީލް 7 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގެ ބޭރު ތޮށި ހެދުމާއި 110 މީޓަރުގެ އެތެރެ ތޮށި ހަދައި، ބަނދަރާއި، ނެރު ފުން ކުރާނެއެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 07 އޭޕްރީލް 2020 ގައި.

އެމްޓީސީސީގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.