ހަސީނާ މަޖިލީހުގައި ތަޤުރީރު ކުރެއްވުން ހަވީރު 4 ޖަހާއިރު

ހަސީނާ މަޖިލީހުގައި ތަޤުރީރު ކުރެއްވުން ހަވީރު 4 ޖަހާއިރު

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2021 12:56
0

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުމުގައި މިއަދު ހަވީރު މަޖިލީހުގައި ތަގުރީރް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހަސީނާ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ މިއަދު ހަވީރު 4 ޖަހާއިރުކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. ޝައިޚު ހަސިނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ކުރީގައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތައް ބަދަލު ކުރައްވާފައެވެ.

ޝައިޚް ހަސީނާ، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ދަޢުވަތުއެރުވުމަށް ފާސްވީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ ޢިއްތިފާގުންނެވެ.

ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރުހުން ދިން ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވަނީ ބަންގްލަދޭޝަކީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިވެދޭ އަވަށްޓެރި އެއް ޤައުމުކަމަށާއި، ބަންގްލަދޭޝަކީ އެކި ރޮނގުރޮގުން ކުރިއައަރަމުން އަންނަ ޤައުމެއްކަމަށް ވިދާޅުވެފައެވެ. އަދި މޫސުމައް އަންނަ ބަދަލުތަކާއި، ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގައި ބަންގްލަދޭޝްއިން އަޑުއުފުލަމުން ގެންދާއިރު، އެޤައުމުގެ އެންމެ އިސްވެރިޔާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަޤްރީރުކުރެއްވުން ވެގެންދާނީ ނުހަނު މުހިންމު ކަމެއްކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެންނެވި ބޭރުގެ އިސް ބައެެއް ބޭފުޅުންވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.