ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރަނީ ރާޝިދު

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރަނީ ރާޝިދު

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2021 07:48
0

އަންނަ އަހަރުގެ ފެބުރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓް އިއުލާންކޮށްފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ އެމްޑީޕީން ހުޅުވާލުމުން ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓަކީ މުޙައްމަދު ރާޝިދު، ޔުނިވާސް، ށ.ފޯކައިދޫއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެއްބޭފުޅަކު ކުރިމަތި ލުމުން އޭނާއަށް ޕްރައިމަރީއަކައި ނުލައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާގުޅިގެންނެވެ. ހުސެން ވަހީދު މަޖިލީހުގައި ކޮމަންޑު ދާއިރާ ތަމްސީލް ކުރައްވަމުން ދިޔައީ އެމްޑީޕީ ޓިކެޓުގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީތަކީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން، އެމްއެންޕީންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މިއަދު ހެނދުނު 8:30އިން ފެށިގެން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.