ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، މުނު މަހާވަރް، އާއި ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ދެ ޤައުމުގެ ޚާރިޖީ ގުޅުންތަކާއި ގުޅޭގޮތުން ދެބޭފުޅުން މިއަދު މަޝްވަރާ ކުރެއްވިކަމަށެވެ. ނަމަވެސް ބައްދަލުވުމުގައި ދެކެވުނު ވާހަތަކުގެ މާބޮޑު ތަފްސީލެއް ރައީސް މައުމޫން ހިއްސާ ކުރައްވާފައި ނުވެއެވެ.
Was delighted to meet the new Indian HC Excellency Munu Mahawar @AmbMunu today. We discussed our very close bilateral relations in a cordial atmosphere. Thank you HC for your important insights. pic.twitter.com/CKf3nZro5a
— Maumoon Abdul Gayoom (@maumoonagayoom) December 21, 2021
މިބައްދަލުވުމާއި ގުޅޭގޮތުން އިންޑިއާ ސަފީރު ވިދާޅުވީ ރައީސް މައުމޫނާއިއެކު މިފަދަ ބައްދަލުވުމެއް ބޭއްވުނީތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ޒަމާނުއްސުރެއް ދެ ޤައުމުގައި އޮތް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް މަހާވަރު ވަނީ ތައުރީފް ކުރައްވާފައެވެ.
It was a great pleasure to call on H.E. Former President @maumoonagayoom and benefit from his vast experience and insights. Deeply appreciate his continued commitment to the strengthening of the time-tested ties between our two countries. https://t.co/TNMc698EeR
— Amb Munu Mahawar (@AmbMunu) December 21, 2021
ކުރީގެ ސަރުކާރުގައި އިންޑިއާއާ ރާއްޖޭގެ ގުޅުމައް އައި ހީނަރުކަމަށްފަހު އައު ސަރުކާރު ވެރިކަމާއެި ހާވާލުވުމާއެކު އަދި ސަންޖޭ ސުދީރު ހައިކޮމިޝަނަރުގެ ދައުރުގައި ދެޤައުމުގެ ގުޅުންވަނީ ވަރުގަދަވެފައެވެ. އަދި ދެޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތައްވަަނީ ޤާއިމްކުރެވިފައެވެ.
މިއެއްބަސްވުންތަކާއި ގުޅިގެން ގިނަ ކަބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ރާއްޖޭގައި ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ މިހަރަކާތް ހުއްޓާނުލާނެކަމަށެވެ.
ކޮމެންޓު ފޮނުވާ