ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރާ ކެނޑިޑޭޓުނަށް ވޯޓުދެވޭ އެޕާޓީގެ މެމްބަރުންގެ ވޯޓާސް ލިސްޓު އާންމު ކޮށްފިއެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓުގައި 1377 މެމްބަރުންނަށް ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވެއެވެެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވާ ހޯމަ ދުވަހުއެވެ. ޕްރައިމަރީ އޮންނާނީ އެދުވަހުގެ ހެނދުނު 10 އިން ހަވީރު 5އަށް އެދާއިރާއެއްގެ ރަށްރަށުގައާއި މާލޭގެ ހަރުގޭގައިކަމަށް އެމްޑީޕީން ބުންޏެވެ.
އިއުލާން: MDP/2021/41
ކޮމަންޑޫ ދާއިރާ ޕާލިމަންޓަރީ ބައި އިލެކްޝަން ޕްރައިމަރީގެ ދާއިމީ ވޯރޓާރސް ލިސްޓް – Maldivian Democratic Party https://t.co/XI9Qt1yjza
— MDP Secretariat (@MDPSecretariat) December 21, 2021
އެމްޑީޕީން ބުނީ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 16:00 ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަންނާނެކަމަށެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރުކަން ކުރައްވަމުންދިޔަ އެމްޑީޕީގެ މެމްބަރު ޙުސައިން ވަހީދު އަވަހަރާވުމާއި ގުޅިގެންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ