ކޮމަންޑޫ ދާއިރާއަށް އެމްއެންޕީން ވެސް ވާދަކުރަނީ

ކޮމަންޑޫ ދާއިރާއަށް އެމްއެންޕީން ވެސް ވާދަކުރަނީ

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2021 06:08
0

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޥާދަކުރަން ނިންމައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެންނެވެ. ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ދެޕާޓީންނެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އެމްއެންޕީއެވެ.

އެމްއެންޕީން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އެޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ރިޓަޔަރޑް) ވިދާޅުވީ އެމްއެންޕީގެ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅާނީ ޕާޓީ ތެރޭގައި ބާއްވާ ޕްރައިމަރީއަށް ފަހުކަމަށެވެ. ނާޒިމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ކަމާ ގުޅޭ ލިޔުންތައް ހުށައަޅުއްވާނެކަމަށެވެ.

ނާޒިމްގެ ވާހަކަފުޅުގައި އެމްއެންޕީއަކީ ދާދަިފަހުން އުފެދުނު ސިޔާސީ ޕާޓީއެއް ނަމަވެސް، ދިވެހި ރައްޔިތުން އެޕާޓީ ބަލައިގެންފައިވާކަމަށް ވިދާޅުވިއެވެ. ނާޒިމް ވަނީ ކޮމަންޑޫ ދާއިރާގެ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅަކު އެޕާޓީގައި އިސްކޮށް އުޅުއްވާކަން ފާހަގަކުރައްވާ، އެދާއިރާގައި ގިނަ ޢަދަދެއްގެ ޢާންމު މެންބަރުންވެސް ތިބިކަމަށް ވިދާޅުވެފައެވެ.

އެމްއެންޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެކަން އިއުލާންކޮށްފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ޕްރައިމަރީ މިމަހުގެ 27 ގައި ބާއްވަން ވަނީ ނިންމާފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ފެބުރުއަރީ 5ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.