ކޮންމެ އަގެއް ދައްކައިގެންވެސް އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާނެކަމުގެ އިންޒާރު ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ދެއްވައިފިއެވެ.
އިދކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތާއެކު ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލީހުގެ އެމްޑީޕީ މެންބަރުން ގެންދަވަނީ ތަކުރާރުކޮށް އިންޑިއާއެކު އޮތް ގުޅުމަކީ ރަނގަޅު ގުޅުމެއްކަން ދައްކައިދިނުމަށް މަސައްކަތްކުރަމުންނެވެ.
ނަމަވެސް ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން އިންޑިއާ އައުޓް ހަރަކާތުގައި އެމަނިކުފާނު ފާޅުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވި ހިސާބުން މި ހަރަކާތް ވަނީ އިތުރަށް ފުޅާވެ ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެފައެވެ. އަދި މި ހަރަކާތް ވަނީ ސަރުކާރަށް ބޮޑު ޕްރެޝަރަކަށްވެފައެވެ. އަދި މި ހަރަކާތް ހުއްޓުވުމަށް ސަރުކާރުގެ މެންބަރުން ގެންދަވަނީ މަސައްކަތްކުރަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި ހަރަކާތެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން ގެންދަވަނީ ރަށްރަށް ވަޑައިގަންނަވަމުންނެވެ. މިއާއެކު ރައީސް ޔާމީނަށް ސަރުކާރުގެ މެންބަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތަށް އިޝާރާތްކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ، ސަރުކާރާއި، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުން އިންޑިއާ އައުޓް ހަރަކާތް ކޮންމެ އަގެއް ދައްކައިގެންވެސް ހުއްޓުވާނެކަމަށެވެ. އިކްރާމް ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ފޭކް ހަރަކާތެއްކަމަށްވެސް ސިފަކުރައްވާފައެވެ.
Maldivian government and 65 MPs should bring an end to this Fake Indiaout campaign at any cost. pic.twitter.com/M1XGWwTJAs
— Ikram Hassan MP (@ikramhassan) December 17, 2021
އިންޑިއާ އައުޓް ކެމްޕެއިން ދެން ނުހުއްޓުވޭނެކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ވަރަގަދަ އަސާސެވެ. މި ސަރުކާރުން އިންޑިއާ ސިފައިންނާ އެކީ ކޮށްފައިވާ އެގްރީމަންޓްގެ އަސްލުތައް ހޯދުމަށާއި، އަދި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމުގެ މަގު ފަހިވެފައިވާކަމަށް ބުނެ، އިދިކޮޅު ޕާޓީން ކުރިޔަށްގެންދިޔަ ހުރިހާ ސިޔާސީ ހަރާކާތެއްގައިވެސް ވަނީ މި ގައުމު އަޅުވެތި ކޮށްފައިވާ ކަމަށް ވަކާލާތުކޮށް، ގައުމުގެ މިނިވަންކަން މިސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ގިނަބަޔަކަށް ވިސްނޭ މިންވަރަށް މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.
ނަތީޖާއެއްގެ ގޮތުން، ރައީސް ޔާމިން ޖަލުގައި ހުންނެވި ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓުގެ ހަރަކާތަށް ތާއީދުކޮށް، ޕީޕީއެމްއަށް ތާއީދު ނުކުރާ އެތައް ބަޔަކުވެސް ވަނީ، މިހަރަކާތާއި ގުޅި، އަދި މިހަރަކާތައްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ