ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރުގެ ފެބުރުއަރީ 5 ގައި ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރު ޙުސައިން ވަޙީދު އިއްޔެ އަވަހާރަވުމާއި ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް އެންގުމާއި ގުޅިގެން އަންނަ ފެބުރުއަރީ މަހުގެ 5ގައި އިންތިޚާބު ބޭއްވުމަށް މިއަދު އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެކަމަށް @mvpeoplesmajlis
އިން އެންގެވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން 2022 ފެބުރުއަރީ 5 ގައި ބާއްވާގޮތަށް @ElectionsMv އިން މިއަދު ނިންމައިފި. @FuwadThowfeek @ANashath @ElectionsMv— Ismail Habeeb (@IsmailHabeeb) December 15, 2021
ޤާނޫނު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނުގައި ބަޔާންކުރާ އެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވާނެކަމަށެވެ. އީސީން ބުނީ ބައި އިލެކްޝަން ބޭއްވުމާއި ގުޅޭގޮތުން މާދަމާ ބާއްވާ އެކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާކުރާނެކަމަށެވެ.
ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި، ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދުގެ ޖަނާޒާ އިއްޔެ ވަނީ ބާއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ބޭނުންވާ މަޢުލުމާތުތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ