މެއި 6ގެ ހަމަލާގެ ތަހުގީގް އަދިވެސް ފުޅާކުރަންޖެހޭ: އައްބާސް ފާއިޒް

މެއި 6ގެ ހަމަލާގެ ތަހުގީގް އަދިވެސް ފުޅާކުރަންޖެހޭ: އައްބާސް ފާއިޒް

Author
މުޙައްމަދު ޖިމީ
15 ޑިސެމްބަރ 2021 12:45
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ހުކުމާއި ހަމައަށް ދެވުނު ނަމަވެސް އެ މައްސަލައިގެ ތަހުގީގް ފުޅާކުރަން ޖެހޭކަމަށް މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އައްބާސް ފާއިޒް މިހެން ވިދާޅުވެފައިމިވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

އައްބާސް ވިދާޅުވީ، މެއި 6 ގެ ހަމަލާގައި ބޮން ގޮއްވާލި އަދުހަމަށް ކުށް ސާބިތުވެ ހުކުމް އިއްވިގެން ދިޔައީ، ޝަރީއަތަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ވަރުގަދަ ކަމުންނާއި، ފުލުހުން ކުރި ތަހުގީގު ހަރުދަނާ ވުމުންކަމަށެވެ. ނަމަވެސް އެކަން އެކަނި ކޮށްގެން ކުރަން ހުރި މަސައްކަތަށް ހިޔަނި އެޅިދާނެކަމަށާއި، އެހެންކަމުން އަދިވެސް މި މައްސަލާގައި ކުރަންހުރި މަސައްކަތް ފުޅާކުރަންޖެހޭކަމަށް އައްބާސް ވިދާޅުވިއެވެ.

 

2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒް ހަމަޖައްސަވާފައި ވަނީ 2021 މެއި 19 ވަނަ ދުވަހުގައެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މި މައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރުކުރައްވާނެއެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެކެވެ.

މީގެ އިތުރުން އޭނާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3 އަހަރު ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އުދުހޭކޮކާ
އާނ އޭރުން ތިކޮޅަށް ގިނަ ފައިސާ ލިބޭނެތާ.....އެހެންވީމާ އަދި މަސްއަލަ ނުނިމޭނެތާ ދުވަހަކުވެސް.