ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް، އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ/ ވ. ރާހި، ޙަސަން ބާޤިރު (68އ) އާއި ކ. މާލެ/ ވ. ރާހި، އަހްލާމް ބާޤިރު (46އ) އާއި ރ. އިނގުރައިދޫ/ ބޮޑުކާށިގެ، މުޙައްމަދު ޙުސައިން (44އ) އަދި ގއ. ކޮނޑޭ/ ނޫއަލި، މުޙައްމަދު ސަލްމާން (22އ) ކަމަށެވެ.
ޙަސަން ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެންމިމަހު 16 ވަނަ ދުވަހުގެ 13:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އަހްލާމް ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހު 16 ވަނަ ދުވަހުގެ 13:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ޙުސައިން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހު 16 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ސަލްމާން ހޯދަމުންދަނީ ފެމިލީ ކޯޓުން ބަލަމުންދާ ހުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހު 16 ވަނަ ދުވަހުގެ 08:45 އަށް ފެމިލީ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އެހެންކަމުން މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
One Response
ތިކަހަލަ ހަޤީގަތެއް ނތް ވާހަކަ ލިޔެ މީހުންގެ އަބުރު ކަތިލުމުގެ ކުރީން ކަމުގެ ހަޤީގަތް ބަލާލާނަމަ ދޯ. މީހުންގެ ފޮޓޯއާއި އެއްކޮށް އަސްލެއް ނެތް ވާހަކަ ޝާއިއު ކުރުމުން އެމީހަކު އެއީ އެބަލާ މައްސަލައަކާ ބެހޭ މިހަކަށް ނުވިޔަސް އެމީހެއްގެ ނަންޚަރާބުވެ އެނުލިޔާ ވާހަކައަކަށް ނުވާނެ. އަދި މީގެ ސަބަބުން އެތަ ދެރައެއް ލިބޭނެ. މީ ވަރަށް ދެރަ ކަމެއް.