119 ކިލޯ ޑްރަގްސް ފުލުހުން އަތުލައިގަނެފި

119 ކިލޯ ޑްރަގްސް ފުލުހުން އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2021 12:13
0

ވޭތުވެފިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން 119 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަނެފައިވާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ 28 ޕެކެޓްގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެެ. އަދި އޭގެ ފަހުން ހިންގި އޮޕަރެޝަނެއްގައި އިތުރު 91 ޕެކެޓް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޑްރަގްސް އެތެރެކޮށްގެން އުޅެނީ މީގެ ކުރިން ވެސް ޑްރަގްސް އެތެރެކުރި ނެޓްވޯކެއްގެ ބައެކެވެ. އެ މީހުން މީގެ ކުރިން ގިނަ އަދަދެއްގެ ޑްރަގްސްއާ އެކު ހައްޔަރުކޮށް ދައުވާކުރި ނަމަވެސް ކުށް ސާބިތުނުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

ސީޕީ ވިދާޅުވާ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހުއެވެ. ޓެކްސީ ހުއްޓުވީ މާލޭގެ ބުރުޒުމަގު ޔެލޯ ބްރީޒް ފިހާރަ ކައިރިންނެވެ. އެރޭ އަތުލައިގައިންފައިވަނީ 28 ޕެކެޓާއި ދަބަހެކެވެ. އޭގެން ކޮންމެ ޕެކެޓެއްގައި ހުރީ އެއް ކިލޯ ކަމަށް އެނގިފައިވެއެވެ.

ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލއި ގަންނަމުންދާއިރު މިކަމުގައި ޝާމިލުވާ ފަރާތްތަށް ހޯދައި ހައްޔަރު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ވަނީ ނުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.