އެމްޑީޕީގައި އިސްކޮށް އުޅުއްވި ނަޒާކީ ޒަކީ ޕީޕީއެމް އާއި ގުޅިވަޑައިގެންފި

އެމްޑީޕީގައި އިސްކޮށް އުޅުއްވި ނަޒާކީ ޒަކީ ޕީޕީއެމް އާއި ގުޅިވަޑައިގެންފި

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2021 09:26
0

ރާއްޖޭގެ ސިޔާސީ އަދި ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، އަހުމަދު ޒަކީ (ނަޒާކީ ޒަކީ) ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

މިސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުރީގެ ޗެއާމަންކަންވެސް ކުރައްވާފައިވާ ޒަކީ އަކީ އެމްޑީޕީގައިވެސް އިސްކޮށް ހަރަކަތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ޒަކީއަށް އެމްޕީއެލްގެ ޗެއާމަންކަން ދިނީ، އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެ އިން މެލޭޝިއާއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޒަކީ އިސްތިއުފާ ދެއްވާފައިވަނީ އެމްޕީއެލް ތެރޭގައި ހިނގާދިޔަ 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއް ސޯޝަލް މީޑިއާގައި ފަޅާއަރުވާލެއްވުމަށްފަހުގައެވެ. އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަށް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައި ވަނީ ތެޔޮ ވިއްކުމުގެ ތެރެއިން ކަމަށެވެ. އަދި އެކަމުގައި ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެކަމަށް ކުންފުނީގެ ބޯޑުގެ ތާއީދެއް ނުލިބުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒަކީ ޕީޕިއެމްއަށް ސޮއިކުރެއްވި މެންބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.