ސަރުކާރާއިމެދު ސްޕްރީމްކޯޓުން ގޮތެއްނިންމައި، އަވަސް އިންތިޚާބެއް ބޭއްވަންޖެހޭ: އަދުރޭ

ސަރުކާރާއިމެދު ސްޕްރީމްކޯޓުން ގޮތެއްނިންމައި، އަވަސް އިންތިޚާބެއް ބޭއްވަންޖެހޭ: އަދުރޭ

ގުޅުންހުރި

ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަން ސާފުވެގެންދާއިރު، މިހާރު އޮތް ސަރުކާރާއިމެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމައި، އަވަސް އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިއްޔެ އާންމުވި 2018 އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުލުހުންގެ ރިޕޯޓާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޕްރެސްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ރިޕޯޓުން އިންތިޚާބު އޮޅުވާލާފައިވާކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ. މިއިންތިޚާބު އޮޅުވާލައި މިއަދު ރައްޔިތުންނަށް ކުރިމަތިވާ ހިއްދަތިކަމުގެ ޒިންމާ އޭރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ނަގަން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ޤާނޫނީ ސަރުކާރެއް ކަމާއިމެދު ސްޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި މިހާތަނަށް ރިޕޯޓް ހާމަ ނުކޮށް ބޭއްވުމުގައި ފުލުހުންގެ އިހުމާލުވުންވެސް ބޮޑު ކަމަށެވެ.

އަޅުގަނޑުމެން މިހާރުން މިހާރަށް ގޮވާލަން، މިކަން ކުރިއިރު އިސްކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ޝަރީފް ހައްޔަރު ކުރުމަށް. ރިޕޯޓުން އިންތިޚާބު އޮޅުވާލިކަން ސާފު. އަޅުގަނޑުމެން ގޮވާލަން އަވަސް އިންތިޚާބެއް ބާއްވަން.

– އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އޮޅުވާލައި، ވަގަށް ނަގާފައިވާ ކަން އެނގޭފަދަ އެތައް ކަމެއް ހިމެނޭ ރިޕޯޓެއް އިއްޔެގެ ވަގުތެއްގައި ލީކުވެ ޢާންމުވެފައިވާއިރު، އެ ރިޕޯޓުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑެތި ކަންކަން ހުރިކަން ފާހަގަ ކުރެވޭކަމަށެވެ.

މުޅި އިންތިޚާބުގައި ކަންހިގާފައިވާ ގޮތްތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާލުމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ނަގަމުން ދިޔަ އިރާއި، ވޯޓު ނަގާ ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަން ވަރަށް ބޮޑަށް ވަނީ ހާމަވެގެން ގޮސްފައިވާކަމަށެވެ.

އަދުރޭ ވަނީ ސަރުކާރަކީ ޞައްޚަ ސަރުކާރަކަށް ނުވާއިރު، އަވަސް އިންތިޚާބެއް ބޭއްވޭނެ މަގު ސަރުކާރުން ފަހި ކުރަންޖެހޭކަމަށެވެ. މިއަދު ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީވެސް އަވަސް އިންތިޚާބެއް ބޭއްވުންކަމަށް އަދުރޭ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ