ރޭގެ މެޗުތަކުން ލޭޑީސް އެމްވީއާއި، ރޯޔަލް ރީފް މޮޅުވެއްޖެ

ރޭގެ މެޗުތަކުން ލޭޑީސް އެމްވީއާއި، ރޯޔަލް ރީފް މޮޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2021 03:44
0

ކޮރަލް މަތިވެރި ފުޓްސަލް ލީގުގައި ރޭ ކުޅުނު މެޗުތަކުން ފޮޅުދޫ ލޭޑީސް އެމްވީއާއި، ރޯޔަލް ރީފް ސްޓޭ މޮޅުވެއްޖެއެވެ.

ލޭޑީސް އެމްވީ މެޗު ކާމިޔާބުކުރީ ސިލްވާ ސްޕޮޓާއި، ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ލޭޑީސް އެމްވީން މޮޅުކުޅުމެއް ދައްކާފައިވާއިރު، ސިލްވާ ސްޕޮޓުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މިމެމެޗުގައި ލޭޑީސް އެމްވީގެ ގޯލް ކީއްޕަރުވަނީ ސިލްވާ ސްޕޮޓްގެ ގިނަ ހަމަލާތައް ދިފާއުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ.

މިމެޗުގައި ލޭޑީސް އެމްވީން ޖެހި ތިން ގޯލް ކާމިޔާބް ކޮށްދިނީ، އާސިފްއާއި، ޝިރުހާންގެ އިތުރުން އިބްރާހިމް ނައީމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ލޭޑީސް އެމްވީގެ ގޯލްކީއްޕަރު، ޔަޒްދާން އަލީއެވެ.

މިމުބާރާތުގައި އެންމެ ފަހުގެ ޗެންޕިއަން ވޭލިއަންޓު ވަނީ ރޭވެސް ބަލިވެފައެވެ. ރޯޔަލް ރީފާއި ދެކޮޅަށް ވޭލިއަންޓު ކުޅުނު މެޗުން ރޯޔަލް ރީފް މޮޅުވީ 4-2 ގެ ނަތީޖާ އަކުންނެވެ. މިމެޗުގައި ރޯޔަލް ރީފަށް ލަނޑުތައް މުހައްމަދު ވިލްފް ދެ ލަޑު ކާމިޔާބު ކޮށްދިންއިރު، އަނެއް ލަނޑުޖެހީ މުހައްމަދު ޝަފްރާޒުއެވެ. ރޯޔަލް ރީފުގެ އަނެއް ގޯލަކީ ވޭލިއަންޓުގެ އިބްރާހިމް ފަޒީލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ރޭގެ މެޗުގައި ވޭލިއަންޓަށް މާއެދެވޭ ކުޅުމެއް ނުކުޅެވުނު ނަމަވެސް އެޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް ވަނީ ދޭތެރެ ދޭތެރެއިން އުފައްދާފައެވެ. މިމެޗުގައި ވޭލިއަންޓުގެ ދެ ގޯލްވެސް ކާމިޔާބް ކޮށްދިނީ އަލީ އާސިމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މުހައްމަދު ވިލްފްއެވެ.

މިހަފްތާގެ މެޗުތަކުގެ ނަތީޖާއިން ލީގުގެ ކުރީގައި 6 ޕޮއިންޓާއިއެކުއޮތީ ފޮޅުދޫ ލޭޑީސް އެމްވީއެވެ. ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން ޖެހި ގޯލުންގެ ތަފާތުން ދެވަނާގައި އޮތީ ރޯޔަލް ރީފެވެ.

މިމުބާރާތުގެ މެޗުމަށް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ލީގު އުސޫލުން ކުރިއަށްދާ މުބާރާތުގެ ޗެންޕިއަން ޓީމަކީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އާއި، ހިއްވަރު 4 އަދި ކެޕިޓަލް ޓުވާސް މޯލްޑިވްސްއެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.