ކޮރަލް މަތިވެރި ފުޓްސަލް ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ފުޓްސަލް ތަރި އަޔާގެ ހެޓްރިކާއިއެކު ކެޕިޓަލް ޒާ މޯލްޑިވްސް ފުރަތަމަ މޮޅު ހޯދައިފިއެވެ.
ނިކަ އައިލެންޑް ރިސޯޓާއި ދެކޮޅަށް ކުޅުނު މިމެޗު ކެޕިޓަލް ޒާ މޯލްޑިވްސް ކާމިޔާބުކުރީ 7-3ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިއީ މިމުބާރާތުގައި އަޔާގެ ފުރަތަމަ މެޗެވެ. މިމެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއްދައްކައި، ހެޓްރިކް ހަދާފައެވެ. މިމެޗުގައި ކެޕިޓަލް ޒާ މޯލްޑިވްސްއަށް ގޯލްތައް ޖަހާދިނީ އަޔާގެ އިތުރުން، އަހުމަދު ނިޔާޒާއި، އަރުޝަދާއި، އިސްމާއިލް ނަސީމްގެ އިތުރުން، އަލީ އަލްސަން އެވެ.
ނިކަ ޓީމުން ޖެހި ތިންގޯލުވެސް ކާމިޔާބު ކޮށްދިނީ ޖާދުއްލޯއެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ ކެޕިޓަލް ޒާ މޯލްޑިވްސް އަށް އަށްހެޓްރިކް ހަދައި މޮޅު ކުޅުމެއްދެއްކި އަޔާއެވެ.

އަޔާއަކީ ރާއްޖޭގެ އެންމެ މަތީ ފެންތީގައި ފުޓްސަލް ކުޅޭ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ގުނާލެވޭ ކުޅުންތެރިއެވެ. އޭނާއާއިއެކު އެޓީމަށް މަތިވެރީގެ ފުޓުސަލްތަރި އިސްމާއިލް ނަސީމް (ބޯވަ) ކުޅުމަކީ ޓީމު އިތުރަށް ވަރުގަދަ ވެގެންދާ ކަމެކެވެ.
މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ބެލެވޭ ކެޕިޓަލް ޒާ މޯލްޑިވްސާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ވަނީ ބެލިވެފައެވެ. މިއާއިއެކު ކެޕިޓަލް ޒާ މޯލްޑިވްސް އޮތީ 3 ޕޮއިންޓާއިއެކު ތާވަލުގެ 3 ވަނާގައެވެ. މިމެޗުން ބަލިވި ނިކަ އައިލެންޑް ރިސޯޓު އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.
މިމުބާރާތުގެ މެޗުމަށް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ލީގު އުސޫލުން ކުރިއަށްދާ މުބާރާތުގެ ޗެންޕިއަން ޓީމަކީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމެވެ.
މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހިއްވަރު 4 އެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިނެވެ.
ކޮމެންޓު ފޮނުވާ