ސިޔާސީ ކަންކަމުގައި ރާއްޖޭގައި އެންމެ ހަރަކާތްތެރިކޮށް އުޅުނު މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީ ސިޔާސީ މަސްރަހުގައި އެއްކޮށް ހިމޭންވެ އޮންނަނީ ކޮންސަބަބާއި ހެދިކަމެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަރުކާރާއި އިދިކޮޅު ކޯލިޝަނުން ބޮޑެތި ޖަލްސާތަކާއި، އިވެންޓުތައް ބާއްވައި، ސަރުކާރާއި ގުޅޭގޮތުން ކުރަމުންދާ ތުހުމަތުތަކާއި ދައްކަމުންދާ ވާހަތަކަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ރައްދު ނުވި ހިމޭނުން އޮންނާތީ އެމްޑީޕީގެ ޗެއާޕާސަން ޓެގްކޮށް މޫސަ ވިދާޅުވީ ސިޔާސީ ގޮތުން އެމްޑީޕީ ބަސް ހުސްޓިފައި އޮންނަ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭކަމަށެވެ. އެމްޑީޕީއަކީ އެޕާޓީގެ މެމްބަރުން ނުހަނު ޝައުގާއެކު ކަންކަމުގައި އުޅޭ ޕާޓީއެއް ކަމަށާއި، މިއަދު ޕާޓީ ހިމެނޭނުން އޮންނަންވީ ސަބަބާއިމެދު އެމްޑީޕީގެ އާންމު މެމްބަރުންވެސް ސުވާލު އުފައްދާކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން މާލޭގަ ޖަލްސާއެއްބާއްވާން ޕާޓީގެ ރައީސްއާ ޗެއަރ ޕަރސަން ބޭނުންނުވަނީ ސަރުކާރަށް ތާއީދުނެތްކަން ދަންކަން ވެގެނޭއެބަބުނޭ؟ އެޕާޓީ މީހުނަކީ ލިބޭ އެއްޗަކަށް ބަަލައިގެން ޖަލްސާއަށް ދާބައެއްނޫންކަން ޔަޤީން ވާތީއާއި،، ޕާޓީ ކުދިންމިހެންކިޔާތީ އަޑުއިވޭ.
– ހަސަން ލަތީފް ޓެގްކޮށް މޫސަ ކުރި ޓުވީޓުގައި ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މާޒީގައި އެމްޑީޕީ ފެނުނުފަދަ ހަރުދަނާ އެކްޓިވް ޕާޓީއެއްގެ ގޮގުގައި އެމްޑީޕީ ނުފެންނަ ސަބަބާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދާކަމަށެވެ. މީގެ ކުރިން އެމްޑީޕީއަށް އަމާޒުވާ ނުރުހުމުގެ ބަސްތަކާއި، ރައްދުވާ އެކި ހަމަލާތަކަށް އެމްޑީޕީން ޖަވާބުދާރީ ވެފައިވަނީ އެއްވެސް ޖެހިލުމެއްނެތި ވަރަށް ސާބިތުކަމާއި އެކުގައި ކަމަށެވެ. ނަމަވެސް މިއަދު އެކަން ނުފެންނަ ކަމީ ހިތާމަ ކުރައްވާ ކަމެއްކަމަށް މޫސަ ވިދާޅުވިއެވެ.
މާޒީގައި އެމްޑީޕީއަށް ނުވަތަ ޕާޓީގެ މީހަކަށް ރައްދުވާގޮތަކަށް އެހެން ޕާޓީއަކުން އެއްޗެއް ބުނެފިއްޔާ ޖަލްސާބޭއްވުމާ ނިއުސްކޮންފަރެންސް ބޭއްވުމާ ޤައުމީ މަޖްލިސް ބޭއްވުމުގަ ހޭބޯނާރާއުޅޭ އެމްޑީޕީގެ ލީޑަޝިޕް ހިމޭންވެފަ މިއޮންނަނީ ކިހިނެއްވެފަ ބާވައޭހިތަށްއަރާ.
– ދޮންބިލޭ ޓެގްކޮށް މޫސަ ކުރި ޓުވީޓުގައި ވިދާޅުވިއެވެ.
ފަހަކަށް އައިސް ސަރުކާރާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ ބޮޑެތި ޖަލްސާތައް ބާއްވައި، ސަރުކާރަށް ޕްރެޗަރު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ އެމްޑީޕީގެ ހަރަކާތްތައް މަދުވެފައިވަނީ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދަށް އެމްޑީޕީގެ ލީޑަރޝިޕްގެ ކޮންޓްރޯލް އޮތްއިރު، އެމްޑީޕީގެ އެކި ގުނަންތަކުގެ ކޮންޓްރޯލް އޮތީ ރައީސް ޞާލިހު އަތްޕުޅުގައެވެ. އެމްޑީޕީން މާލޭގައި ސިޔާސީ ބޮޑު ހަރަކާތެއް ނުބާއްވާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
2 Responses
ބުނަންތަ ރަނގަޅުވާހަކައެތް މޭވާ ނާޅާ ގަހަކަައް ގަޅިޔެއް ނޫކާނެ މިހާރުއެތިބީ އުޅެވުނު ގޮތަކުން ކުރާން ވީދެންވަކި ކޮންކަމެތް ކަންނޭނގިފާ /////
އަބަދުވެސްވެރިކަންކުރާޕާޓީ އޮންނާނީހަމަހިމޭންކަންމަތީ މަގުމަށްޗަށްނުކުމެލާހޫރޭނީ އިދިކޮޅުޕާޓީގެމީހުން މިއީމިކަންއޮންނަގޮތް