ޕީޕީއެމް ޒުވާނުންގެ ބޮޑު ސައިކަލު ބުރު މިއަދު ހަވީރު

ޕީޕީއެމް ޒުވާނުންގެ ބޮޑު ސައިކަލު ބުރު މިއަދު ހަވީރު

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2021 12:00
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު މާލޭގައި ބޮޑު ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ހަވީރު ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ، މާލޭ ޕީޕީއެމް އޮފީސް ދޮރުމަތިން 15:45 ގައެވެ. މި ހަރަކާތަކީ ޕީޕީއެމްގެ ޒުވާނުން އިސްނަގައިގެން ބާއްވާ ސައިކަލު ބުރެއް ނަމަވެސް މިސައިކަލު ބުރުގައި ޕީޕީއެމްހެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ސައިކަލު ބުރު އިންތިޒާމުކުރާ ޕީޕީއެމްގެ ޒުވާނުންގެ ގޮފިންވަނީ ބުނެފައެވެ.

މިއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށާއި، ދިވެހި ޒުވާނުން ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ސިފައިން ތިބުމާއި ދެކޮޅަށް ބޭއްވޭ ބޮޑު ހަރަކަތެއްކަމަށް ޒުވާނުންވަނީބުނެފައވެެ. މީގެ ކުރިންވެސް ޕީޕީއެމްއިން ވަނީ މާލޭގައި ސައިކަލު ބުރުތަކެއްބާވާފައެވެ. މިސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ވަނީ އަޑުއުފުލާފައެވެ.

މިސައިކަލު ބުރަކީ ދިވެހި ޒުވާނުންގެ ރައީސް ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއިގުޅުވައިގެން އެކަމުގެ އުފާވެސް ފާޅު ކުރެވިގެންދާނެ ސައިކަލު ބުރެއްކަމަށް ޒުވާނުންގެ ގޮފިން ވަނީ ބުނެފައެވެ. ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން މިހާތަނަށް މާލޭގައި ވަނީ ބޮޑު ދެޖަލްސާ ބާއްވާފައެވެ. މިޖަލްސާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރައީސް ޔާމީން މިނިވަން ވުމަށްފަހު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތައް މިހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުތައް ފެށުމަށް ހަމަ ޖެހިފައިވަނީ ކ.އަތޮޅުންކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.