މަތިވެރީ ފެނުގެ ނިޒާމުގެ ޢަމަލީ މަސަައްކަތް ފަށައިފި

މަތިވެރީ ފެނުގެ ނިޒާމުގެ ޢަމަލީ މަސަައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2021 10:59
0

އެމް.ޑަބްލިޔު.އެސް.ސީން އއ.މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙްކޮށްދެއްވީ މަތިވެރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއާއި، މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާމަން މުޙައްމަދު އަބްދުﷲ އާއި، މަތިވެރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޙަސަން ޒަރީރު އަދި މަތިވެރި ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު އަސްލަމްއެވެ.

މި މަޝްރޫޢުގެ ދަށުން މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވާރކް ޤާއިމް ކުރުމާއި އާރު.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މަތިވެރިއަށް ފޮނުވައި، ފެނުގެ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ހާމަކުރެއެވެ.

މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިިއީ 38.83 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ލިބުމުގައި މިހާރު ދިމަވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.