މާރިޔާ، ޔާމީނަށް: ކޮންމެ ކަމެއްގެ ހައްލަކީ ކުއްލިނުރައްކާ އިއުލާންކޮށް ކަންކަންކުރުންތޯ؟

މާރިޔާ، ޔާމީނަށް: ކޮންމެ ކަމެއްގެ ހައްލަކީ ކުއްލިނުރައްކާ އިއުލާންކޮށް ކަންކަންކުރުންތޯ؟

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2021 10:30
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ 1 ގައި ނެރުނު އަމުރާއި ގުޅިގެން ސްޕްރީމް ކޯޓުގެ ފުރާޅުން ޓީނުނަގައި ހިންގި އަމަލުތައް ރައީސް ޔާމީން ތަފްސީލް ކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ ސުވާލުތަކެއް ރައީސް ޔަމީނަށް އަމާޒު ކޮށްފިއެވެ.

ރޭ ބޭއްވި ޕީޕީއެމް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އައީ މިރާއްޖޭގައި ނަސްލެއް ނައްތާލަން މަސައްކަތް ކުރާތީ ނޫންކަމުގައެވެ. އަދި އެއްވެސް ގޮތަކަށް ބަޔަކަށް އަނިޔާ ކުރާތީކީވެސް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ތަފާތު ނަސްލުތަކެއް އޮވެގެން އެއް ނަސްލެއްގެ ބަޔަކު ނައްތާކަން މަސައްކަތް ކުރީކީއެއް ނޫންކަމަށެވެ. އެހެންނަމަވެސް، އަވައްޓެރި ބައެއް ގައުމުތަކުގައި އެހާލަތު އޮތީ އެގޮތަށްތޯ ރައީސް ޔާމިން ސުވާލު ކުރެއްވިއެވެ. އަދި އެގައުމުގައި މަރުވެގެން އެދަނީ، ހަލާކުވެގެން އެދަނީ ކިތައް މީހުންތޯ ފުރާނަ ގެއްލިގެން އެދަނީ ކޮން ނަސލުތަކެއްގެ މީހުންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީންގެ ވާހަކަތާއި ގުޅިގެން މާރިޔާ ވިދާޅުވީ ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލައިގައި ރައީސް ޔާމީނަށް އާވާހަކަތަކެއް ވިދާޅު ނުވެވޭކަމަށެވެ. އަބަދުވެސް ވިދާޅުވު ވަމުންދަނީ ކުއްލި ނުރައްކާ ހިންގެވި ވާހަކަ ކަމުގައެވެ. ނަމަވެސް ކޮންމެ ކަމެއްގައި އޮތް ހައްލަކީ ކުއްލި ނުރައްކާ އިއުލާންކޮށް ކަންކަން ކުރުންތޯ މާރިޔާ ވަނީ ސުވާލު އުފައްދާފައެވެ.

އަބަދުވެސް ރައީސް ޔާމީން ވިދާޅުވޭ ޤާނޫނުން ވާން ނެތީމާ ކުއްލި ނުރައްކާ ހިންގައިގެން ކުރީއޭ. އާ ވާހަކައެއް ނެތް! ސުވާލަކީ މީތޯ ޤާނޫނުގައި ކަން ކަން އޮންނަ ގޮތަކީ؟

– މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޚުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި ނަމަވެސް ހުކުމުގައި ވަރަށް ސާފުކޮށް، ޔާމީން ކަން ކުރެއްވީ ރައީސަކަށް ހުންނަވައިގެން ކަންކުރައްވަންޖެހޭ ގޮތަކަށް ނޫންކަމަށް ބުނެފައިވާކަމަށެވެ. މިހާލަތުގައިވެސް ސަރުކާރުން ކުއްލިހާލަތު އިއުލާންކޮށް ޔާމީން ހައްޔަރު ކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއްތޯ މާރިޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ސްޕްރީމް ކޯޓު ހުކުމުގައި އެބައޮވޭ ރައީސް ޔާމީން ކަން ކުރެވީ ޤައުމުގެ ރައީސަކު ކަން ކުރައްވާނެ ގޮތަކަށް ނޫންކަމަށް. ވީމާ، ޗެކު ނަންބަރު ދިމާނުވެ މަނިކުފާނު ދޫވީމާ މަނިކުފާނު ކުއްލި ނުރައްކާ ހިންގާ ޖަލަށް ލުން ޤާނޫނު ހުއްދަ ކުރާ ކަމެއްތޯތި ވިދާޅުވަނީ؟

– މާރިޔާ ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި 2018ގަ ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނީ ހަމަ އެންމެ ސަބަބަކާ ހެދި ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ދާޚީލީ ހަމަނުޖެހުމެއް އޮވެގެން ނޫންކަމަށާއި، އެއީ އެގޮތަކަށްވެސް ރާއްޖެއަށް އުދުވާނީ ހަމަލާތަކެއް އަތުވެދާނީ ކުރަންޖެހުނު ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރަންޖެހުނީ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލި މަގުތަކުގައި އަމާންކަން ގެއްލިދާނެތީވެސް ނޫންކަމަށެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި އޭރު ސުޕްރިމް ކޯޓުގެ އެންމެ އިސް ފަޑިޔާރަކަށް ހުންނެވި އަބުދުﷲ ސައީދާއި ދެން އެންމެ އިސްކޮށް ހުންނެވި އަލީ ހަމީދުގެ ކަރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެގެން ދިޔަ ކަމަށެވެ. ހުޅުމާލޭގަ އެބޭފުޅުން ކުއްލިއަކަށް ބައްލަވައިގެންފަ ހުރި އެޕާޓްމަންޓްތަކެއް ފެނިގެން ދިޔަ ކަމަށާއި، މެލޭޝިއާގެ ކުއާލަ ލަމްޕޫރުގަ އެބޭފުޅުން ބައްލަވައިގެންފަ ހުރި، އެބޭފުޅުންގެ ތަނަވަސްކަމާއި ނުބައްދަލު ތަނަވަސްކަމެއްގެ ތެރެއިން ހޯއްދަވާފަ ހުރި އެޕާޓްމަންޓަތަކެއްގެ މައްސަލަވެސް ފެންމަތިވެގެން ދިޔަ ކަމަށެވެ.

މިހަގީގަތްތައް ފުލުހުން އޭރު ހާމަ ކުރި ކަމަށާއި، މިހަގީގަތްތައް ކިޔައިދޭން އޭރު އެރުއްވީ ނަވާޒްކަމުގައި މިޖަލްސާގައި ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި ދެން ބެއްލެވީ މިބޭފުޅުން ފައިސާ އައި ގޮތްތައް ކަމަށެވެ. ރައީސް ޔާމިން ވިދާޅުވި ގޮތުގައި އެބޭފުޅުންނަށް ފައިސާ އައިސްފަ ހުންނަނީ ދީލަތި މަހުޖަނެއްގެ "އަންޑަރ ޓޭކިންއެއްގެ" ދަށުން ކަމަށެވެ. އަދި އެއީ ޖާމިނުވެގެން އައިސްފަހުރި ކަންތައްތަކެއް ކަމަށެވެ.

އެހެންކަމުން ސުޕްރިމް ކޯޓުގެ ފަޑިޔާރުންގެ މިމައްސަލަތައް ބެއްލެވުން އޭރު ލާޒިމްވެގެން ދިޔަކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވި ގޮތުގައި 1 ފެބްރުއަރީގެ ހުކުމް މޯޓިވްއެއްކަމަށް އެމަނިކްފާނަށް ގަބޫލުކުރެވުނީ މި ލިބިލެއްވި އަގުބޮޑު ހަދިޔާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.