ހުޅުމީދޫއާއި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ޚިދުމަތް އެމްޓީސީސީ ފަށައިފި

ހުޅުމީދޫއާއި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ޚިދުމަތް އެމްޓީސީސީ ފަށައިފި

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2021 11:14
0

އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ޚިދުމަތް އެމްޓީސީސީ ފަށައިފިއެވެ.

މިއަދު މި ތައާރަފް ކުރެވުނު ޚިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެއެވެ. އަދި ދިޔަވަރަށް އަންނަ ބަދަލުތަކާއިއެކުވެސް ސައިކަލްތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްޞަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ބެހެއްޓިފައި ހުންނާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ސައިކަލް ފެރީ ޚިދުމަތުގެ އަގަކީ ސައިކަލަކަށް 20 ރުފިޔާއެވެ. ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުންކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.