ގއ.ކޮނޑޭ ސްކޫލުގައި ކިޔަވައި ދެމުންދާ އިންޑިއާ ޓީޗަރަކު، ކީރިތި ޤުރުއާން ބިންމައްޗަށް އެއްލާލައިފިއެވެ.
މިމައްސަލަގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ކަމާއިބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. ގއ. ކޮނޑޭ ސްކޫލުގެ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންގެ ކްރިއޭޓިޗް އާޓް ގަޑީގަ އިންޑިއާ ޓީޗަރު ޤުރުއާނަށް އިޝާރާތްކޮށް ބުނެފައިވަނީ އެއީ ނަރަކަވެރި ފޮތެއް ކަމަށާއި އެފޮތާއި ދުރުވެ، ސުވަރުގެވަންތަ ފޮތާއި ގާތްވާން ޖެހޭ ކަމަށެވެ.
މިކަމާއި ގުޅިގެން ސީއެންއެމް އޮންލައިބާއި، ވާހަކަ ދައްކަވަމުން ކޮނޑޭ ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި، ކިނާނަތު ގާސިމް އަށް ގުޅާލުމުން ވިދާޅުވީ ކޮންމެ ކަމަކަށްވެސް މީޑިއާތަކަށް މައުލޫމާތުދިނުން އޮންނަށް އިރު، މިކަމަަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަމުގައެވެ. އަދި އެފަދަ ކަމެއް ހިގައިގެން އުޅޭ ކަމެއްވެސް އަދި ނޫން ކަމެއްވެސް، އޭނާ ވިދާޅެއް ނުވެއެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ބެލެނެވެރިއަކު މައުލޫމާތުދެއްވަމުން ބުނީ ދަރިފުޅު ފިލާވަޅު ހަދާ މޭޒުމަތީގައި ކަރުދާހުން ހަދާފައިހުރި އެއްޗެއް ފެނިގެން އެއީ ކޯއްޗެއްތޯ ސުވާލުކުރުމުން މިއީ ކްލާސް ގަޑީގައި މިސް ހަދަން ބުނި އެއްޗެއް ކަމަށް ކުއްޖާ ބުނިކަމަށެވެ. އަދި މިއީ ސީދާބަޔަކު އަޑީގައި ތިބެގެން، ކުޑަކުދިންގެ ފިކުރުތަކާއި ކުޅެލަން ކޮށްފައިވާ އަމަލެއް ކަމަށެވެ.
އިންޑިއާ ޓީޗަރުވަނީ ޚަތިމް ބިންމައްޗަށް އެއްލާލުމަށްފަހު ކުދިން ލައްވައި ކްރިމަސް ޓްރީ ހަދާފައެވެ. ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ރާއްޖޭގައި އުޅޭ އައިރު މުސްލިމުންގެ ދުވަސް ކޮންމެވެސް ގޮތަކަށް ފާހަގަ ކުރެވޭތޯ މަސައްކަތް ކުރެއެވެ. ކްރިމަސްޑޭ ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ފާހަގަ ކުރުމުގެ މައްސަލައަކީ މިދުވަސްވަރު ކޮންމެ އަހަރަކުވެސް ނިކުންނަ މައްސަލައެކެވެ.
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.
ކޮމެންޓު ފޮނުވާ