ތާޖުއްދީން ސްކޫލް ފަޅާލާ އެތަނުން މުދައްރިސުންގެ ޓެބްލެޓްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން މިހާރުވަނީ އެތަކެތި ހޯދާފައެވެ.ފުލުހުން ބުނީ ތާޖުއްދީން ސްކޫލުގެ ސްޓާފްރޫމަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވަނީ މިއަދު 10:30 ހާއިރުކަމަށެވެ. ފުލުހުން ބުނީ ވަގަށް ނަގާފައިވަނީ ހަތް ޓެބްލެޓާއި ހޭންޑް ބޭގެއްކަމަށެވެ. އެ ތަކެތި މިހާރު ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނީ ސީސީޓީވީ ކެމެރާއެއްގެ އެހީގައި އެ ތަކެތި ހޯދާފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ