Ad
ދިރިއުޅުމުގެ ކާމިޔާބީގެ އެންމެބޮޑު ހިއްސާއަކީ މުދައްރިސުން – ރައީސް

ދިރިއުޅުމުގެ ކާމިޔާބީގެ އެންމެބޮޑު ހިއްސާއަކީ މުދައްރިސުން – ރައީސް

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2020 09:25
0

ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެބޭފުޅުންގެ މަސައްކަތްތަކަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ އިތުރުން ދެން އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުންކަމަށާއި، މުދައްރިސުންގެ ޙިދުމަތާއެކު ދިރިއުޅުން އުޖާލާވެގެންދާކަމަށެވެ.

އާބާދީ އެންމެ ބޮޑު މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ގޭގައި ތިބެގެން ކިޔަވަމުން އަންނައިރު ސްކޫލުތައް އިއްޔެ ހުޅުވީ ގްރޭޑު 9-12 އަށެވެ. ދަރިވަރުންނާ ބައްދަލުނުވާތާ އެތައް މަސްތަކެއް ފާއިތުވެގެން ދިއުމާ އެކު، ޓީޗަރުން މިހާރު އެންމެ އުއްމީދުކުރަނީ ސްކޫލުތައް ހުޅުވާލައި އެ ކުދިންނާ ބައްދަލުވާނެ ދުވަހަކަށެވެ.

ރަށްރަށުގެ ސްކޫލްތައް ޖުލައި 1 އިން ފެށިގެން އަންނަނީ ގްރޭޑު 1-12 އަށް ކިޔަވައިދެމުންނެވެ. ނަމަވެސް ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހެދި ސްކޫލުތަކުގައި ކުލަގަދަކޮށް ޓީޗަރުންގެ ދުވަސް ފާހަގަކުރުމެއް މިފަހަރު ނޯންނާނެ އެވެ.

ކޯވިޑުގެ މި ހާލަތުގައި މިއަދަކީ ޓީޗަރުންގެ ދުވަހެވެ. މާލޭ ސަރަހައްދުގެ ސްކޫލްތައް ފަޅެވެ. އެކަމަކު ހުރިހާ ޓީޗަަރުން ކުރިއަށް ވުރެ ބިޒީ އެވެ. ދުނިޔެ ދެކެމުން މި އަންނަނީ މުޅިން ތަފާތު ދުވަސްތަކެކެވެ. އެކަމަކު ރަނގަޅު ތަންކޮޅަކީ މި ކަހަލަ ހާލަތަކަށް ޓެކްނޮލޮޖީ ފައްކާވެފައި ވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.