ނ. ކެނދިކުޅުދޫ ގައި ތަރައްޤީ ކުރަމުންދާ ޒަމާނީ އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %39 މަސައްކަތް ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ކެނދިކުޅުދޫގައި އިންޖީނުގެއެއް ހަދަން ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ފެނަކައިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ނ. ކެނދިކުޅުދޫ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %39 މަސައްކަތް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢަށް 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، މި މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 10 މަސް ދުވަހުގެ މުއްދަތެކެވެ.
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ނ. ކެނދިކުޅުދޫ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %39 މަސައްކަތް ވަނީ ކުރެވިފަ. #ޓީމްފެނަކަ pic.twitter.com/E60BICGcJz
— Fenaka Corporation Ltd (@TeamFenaka) November 4, 2020
އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ގިނަ ރަށްތަކުގައި އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ