ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއްނެތް، ގިނަ ނޫސްތަައް އޮތީ އިންޑިއާ އެމްބަސީގެ ދަށުގައި: ޔާމީން

ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއްނެތް، ގިނަ ނޫސްތަައް އޮތީ އިންޑިއާ އެމްބަސީގެ ދަށުގައި: ޔާމީން

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2021 11:32
0

ރާއްޖޭގައި މިއަދު މިނިވަން ނޫސްވެރިކަމެއް ނެތްކަމަށާއި، ގިނަ ނޫސްތަކުން މިއަދު ވަނީ އިންޑިއާ އެމްބަސީން ފައިސާ ނަގާފައިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ މީހުންނާއިއެކު މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މިނިވަންކަމާއިއެކު އެއްވެސް ކަމެއް މަސައްކަތް ކުރެވޭ ހާލަތެއް ނެތްކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ގެއްލި ވަކި ގޮތަކަށް ނޫސްވެރިންގެ ނިންމުން ނިންމާތަން މިއަދު ފެންނަމުންދާކީ ފެންނަން އޮތް ހަގީގަތެއްކަމަށެވެ.

ސްޕްރީމް ކޯޓުން މިނިވަންވުމުންވެސް މިއަދު ބައެއް ނޫސްތަކުން ވަކި ގޮތަކަށް އާޓިކަލްތައް ލިޔުއްވައި، ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ނޫސްތަކުގައި ރިޕޯޓް ކުރަމުންދާކަމީ މިނިވަން ނޫސްވެރިކަމެއް ނޫންކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި، ނޫސްވެރިންނަށް ބިރުދައްކައި، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާފައި ނުވާނެކަމަށެވެ. ނަމަވެސް މިއަދު ވެރިކަމުން ފެނިގެންދަނީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި ޖާނަލިސްޓުން ކޮންޓްރޯލް ކޮށްގެން ނޫސްތަކުގައި ލިޔުންކަމަށެވެ.

ރާއްޖޭގެ ކޮންމެ ކަމެއްގައި އިންޑިއާގެ ނުފޫޒު އިންތިހާއަށް ގަދަވުމަކީ ރާއްޖޭގެ މިނިވަންކަމާއިމެދު ދިވެހި ރައްޔިތުން ސުވާލު އުފައްދަމުންދާކަމަށާއި، ދިވެހި ރައްޔިތުން އިންޑިއާއާއި ދެކޮޅަށް ނިކުންނަމުންދަނީ މިނިވަންކަން ހޯދުމަށް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާއި އޮތް ގުޅުމަކީ އެއްވެސް ހާލެއްގައި ހިތުހުރި ގޮތަކަށް ރާއްޖޭގައި ކަންކަން ކުރުމަށް ޖާގަ ލިބުން ނޫންކަމަށާއިި، އެކަން އެގޮތަށް ވާން ދިވެހި ރައްޔިތުންވެސް ޖާގަ ނުދޭނެކަމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައުޅު
ރަނގަޅު ވާހަކއް ތިޔަވިދާޅުވީ މިނިވަން ނޫސް ވެރިކަމެއް ރާއްޖޭގަ އޮންނަން ޖެހޭ ބުނަން ބޭނުން އެއްޗެއް ބުނުމުގެ މިނިވަން ކަން ކޮބާތޯ