ބޮލީވުޑްގައި ފިލްމު ކުޅުމަށް ނިކް ޝައުގުވެރިވޭ!

ބޮލީވުޑްގައި ފިލްމު ކުޅުމަށް ނިކް ޝައުގުވެރިވޭ!

Author
ފާތިމަތު ނާވީ
04 ޑިސެމްބަރ 2021 08:03
0

ބޮލީވުޑާއި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާގެ ފިރިމިހާ ހޮލީވުޑްގެ ލަވަކިއުންތެރިޔާ އަދި އެކްޓަރ ނިކް ޖޯނަސް ބޮލީވުޑްގެ ފިލްމުތައް ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ކައިވެންޏަށް ފަހު ނިކް ވަނީ ހިންދީ ބައެއް ލަވަތަކަށް ޕްރިޔަންކާ އާއެކުގައި ނަށައި، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެހެން ކަމުން އޭނާއަށް ބޮލީވުޑާއި ހިންދީ ލަވަތައް ކަމުދާކަން އެނގިގެން ދެއެވެ.

 

View this post on Instagram

 

A post shared by Nick Jonas (@nickjonas)

ނިކް ވަނީ ބޮލީވުޑްގެ ފިލްމު ތަކަކީ ވަރަށް ޝައުގުވެރި އަދި މާނަ ފުން މެސެޖުތަކެއް ފޯރުކޮށް ދޭ ފިލްމު ތަކެއް ކަމަށް ބުނެފައެވެ. އަދި ބޮލީވުޑްގައި މަސައްކަތްކޮށްލުމަކީ އޭނާ ވަރަށް ކުރަން ބޭނުން ވެފައިހުރި ކަމެއްކަމަށް ވެސް ނިކް ވަނީ ބުނެފައެވެ.

އަދި ކުޅޭނެ ރަނގަޅު ފިލްމެއް ލިބިއްޖެ ނަމަ ކުޅޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ޕްރިޔަންކާއާ ކައިވެނި ކުރި ފަހުން ބޮލީވުޑާ ބެހޭގޮތުން ވަރަށް ގިނަ އެއްޗިހި ދަސްވެއްޖެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ނިކާއި ޕްރިޔަންކާ ކައިވެނި ކޮށްފައިވަނީ ވަރަށް ކުލަގަދަކޮށް، 2018 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.