ދެމިލިން ޑޮލަރުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިއީ 2،050،000 ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްކަމަށެވެ. މީގެ ތެރެއިން 2 މިލިޔަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީއެއް ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި ޓެކްނިކަލް އެސިސްޓެންސްގެ ސަބަބުން ކޮމިއުނިކަލް ޑިސީސް އައުޓް ބްރޭކްސް އަދި ޕެންޑެމިކް ރެސްޕޮންސް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރ އިބްރާހިމް އަމީރު 2،050،000 ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްގައި އޭ.ޑީ.ބީ އާއިއެކު ސޮއި ކުރައްވައިފި. މީގެ ތެރެއިން 2 މިލިޔަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީއެއް. 1/2 pic.twitter.com/FHFbHykxqg
— Ministry of Finance (@MoFmv) December 2, 2021
މި އެއްބަސްވުމުގެ ދަށުން ގައިންގަޔަށް އަރާ ބަލިތަކާއި، ޢާލަމީ ވަބާތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އޮންލައިންކޮށް އޭޑީބީގެ އިސް ފަރާތްތަކާއި އެކު ބޭއްވި މި ރަސްމީއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޖަޕާންގެ އެންބެސެޑަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.