ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ސަލީމް އެޑްމިޓު ކޮށްފައި ވަނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ޕާޓީން މިކަން ހާމަކޮށް ބުނެފައިވަނީ ސަލީމް އެޑްމިޓްކުރީ ޓެސްޓު ތަކެއް ހެދުމަށް ކަމަށެވެ.
ޕީޕީއެމް އިން އިތުރަށް ބުނެފައި ވަނީ ސަލީމް ހާލު ސީރިއަސް ނޫން ކަމަށާއި، އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގައި ސަލީމާއި އެކު ޕީޕީއެމް ތަމުސީލުކުރަނީ ޖުމްލަ 5 މެމްބަރުންނެވެ. އެ މެމްބަރުންނަކީ ނައިފަރު ދާއިރާގެ މެމެމްބަރު އަހްމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގާއި ގުރއިދޫ ދާއިރާގެ މެމްބަރު ޤައްސާން މައުމޫނާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ.
ކޮމެންޓު ފޮނުވާ