ރައީސް ޔާމީނަށް އެއްވެސް ސެކިއުރިޓީއެއްނެތް، އިދިކޮޅުގެ ކަންބޮޑުވުން!

ރައީސް ޔާމީނަށް އެއްވެސް ސެކިއުރިޓީއެއްނެތް، އިދިކޮޅުގެ ކަންބޮޑުވުން!

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2021 03:13
0

ރައީސް ޔާމީނަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމުން މިއަދު މިނިވަން ވުމަށްފަހު އެތައް ސަތޭކަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނިކުމެފައިވާއިރު، އެމަނިކުފާނަށް އެއްވެސް ސެކިއުރިޓީއެއް ނުދޭ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ރައީސް ޔާމީން ސްޕްރީމް ކޯޓުން މިއަދު މެންދުރު 12:30 ކަންހާއިރު ކުރި ހުކުމުން މިނިވަން ވުމަށްފަހު 2 ޖަހާކަން ހާއިރު ގެކޮޅަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސަލާމަތީ ބާރުތަކުން އެއްވެސް ވަރަކަށް ހަރަކާތްތެރިވެފައިވާތަނެއް ނުފެނެއެވެ.

އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވުމުން، ސަލާމަތީ ކަންކަން ބަލަހައްޓާފައިވަނީވެސް އެމަނިކުފާނުގެ އަމިއްލަ ސެކިއުރިޓީއާއި، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނެވެ. ރައީސް ޔާމީންގެ ސެކިއުރިޓީއާއުމެދު އިދިކޮޅު ގިނަ ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޚާއްސަކޮށް މިހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވަ ތަނެއްގައި އެއްވެސް ސެކއިރިޓީއެއް ނެތި ރައީސް ޔާމީން ހުންނެވުމަކީ ކަންބޮޑުވުމެއްކަމަށް ވަނީ ބުނެފައެވެ.

ގާނޫނު ބުނާ ގޮތުން، މަނީ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް ކުރި ހުކުމް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު، ކުރީގެ ރައީސުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ލިބެން ޖެހެއެވެ. އަދި ޤާނޫނުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދެއްވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަނޑައަޅުއްވާ ފެންވަރަކަށް، އެފަރާތުންކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ރައީސް ޔާމީން މިނިވަން ވުމަށްފަހު އެމަނިކުފާނު ބަންދުގައި ހުންނެވިއިރު ދެމުންދިޔަ ވަރަށްވެސް ސެކިއުރިޓީ ދީފައިނުވެއެވެ. ހަމައެކަނި އެސަރަހައްދުގައި ހަރަކާތްތެރިވީ މަގު ބަލަހައްޓަން ހަރަކާތްތެރިވި ފުލުހުން އެކަންޏެވެ.

ރައީސް ޔާމީނަށް ސެކިއުރިޓީ ނުދޭއިރު، ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ދައުލަތުގެ ވެރިންނާއި ކުރީގެ ރައީސުންގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ވަރުގަދަކޮށްފައެވެ. އަދި ރައީސް ނަޝީދު ހުންނަވާ ގެކޮޅު ކައިރީގައި މީހަކަށްވެސް މަޑު ނުކުރެވޭ ގޮތަށް ވަނީ ރަތް ރޮގު ވަށައިގެންދަމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hum
ޟމިސަރުކަރުނޮ ލަދިނި ނަސިދު ެކަނި ސެކިޔުރިދެނި
ޜ ޜަސްފްރި
r yasmeenanves vanee nomugehamala deefa adimarhves govaafa veemaa yaameenahved gekolekaa sekiriutee deenvaane ratrogudamaafa