ހައްގަށް މިވަނީ ނަސްރުލިބިފަ، އަނިޔާއަކީ ތާއަބަދު ދެވޭނެ އެއްޗެއްނޫން: އަދުރޭ

ހައްގަށް މިވަނީ ނަސްރުލިބިފަ، އަނިޔާއަކީ ތާއަބަދު ދެވޭނެ އެއްޗެއްނޫން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2021 12:40
0

ރައީސް ޔާމީނަށް ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމުން ހާމަވެގެން ދިޔައީ އަނިޔާވެރިކަމަކީ ތާއަބަދު ކުރެވޭނެ އެއްޗެއް ނޫންކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި މިހާތަނަށް ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އަދުރޭ ވިދާޅުވީ މިއީ ހައްގަމަށް ލިބުނު ނަސްރެއް ކަމަށެވެ. ވަރަށް ބޮޑަށް ކީރިތި ކުރައްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އަނިޔާކުރަމުން މިދިޔަ ދުވަސްތަކަކީ ވަރަށް އުދަގޫ ދަތި ހާލެއްގައި އެމަނިކުފާނު އުޅުއްވި ދުވަސްތަކެއްކަމަށެވެ.

ހައްގަށް މިއަދު މިވަނީ ނިސްރުލިބިފަ. އަނިޔާވެރިކަމަކަށް އަބަދު ދެމި ނޯވެވޭނެ.

– އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުގައި ގިނަ އަޑުއެހުންތަކެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގަންނަވަމުން ގެންދެވީ އެމަނިކުފާނާމެދު ވަަރަށް ބޮޑަށް ބޭއިންސާފުން ޢަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, ދަޢުވާ ކޮށްފައިވަނީ އެމަނިކުފާނަށްކަމަށާއި، ބައެއް މީހުންނަށް އެސްއޯއެފްގެ ފައިސާ ލިބިފައިވީ ނަމަވެސް އެއީ ގޯސްކޮށް ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ކޯޓުން ބޭރުގައި ނިންމާފައިވާ ކަމަށް ރައީސް ޔާމީން ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

މިމައްސަލައިގެން އެސްއޯއެފް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އާލާތްކަމަށް ބުނާއިރު އެކުންފުނީގެ މައްޗަށް ދައުވާއެއް ކޮށްފައި ނެތުމަކީ ހައިރާންވިކަމެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަން ވުމުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ޕީޕީއެމް އޮފީސް ކައިރިއަށް އެއްވެ އުފާ ފާޅުކުރަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.