ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި

ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި

Author
ޢަލީ އާދަމް
03 ނޮވެމްބަރ 2020 07:15
0

ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭ.ވައި.އެސް)އިން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020″ ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށާއިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗުގައި ޓާފް ކްއީނުން ވަނީ ޒީރު ސްޓާސް ގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ. ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓާފް ކްއީންގެ ޝަހީމާ ހަސަނެވެ. މެޗްގެ ކްއީން އޮފް ދަ މެޗަކީވެސް އޭނާއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 08:30 ގައި ކުމުންދޫ ފުޓްސަލް އެރީނާގައި ބައްދަލު ކުރާނީ އެފްސީ ރެހެންދި އަދި ސީއެސް ވިމެންސްއެވެ.

ހދ. ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މިއީ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށް މި މިބާރާތް އިންތިޒާމްކުރާ ކުމުންދޫ ޔޫތު ސްޕޯޓްސް މަޢުލޫމާތުދެއެވެ.

ޖުމްލަ 5 ޓީމާއެކު ކުރިއަށްގެންދާ މި މިމުބާރާތް އޮންނާނީ މިއަދުންފެށިގެން މިމަހުގެ 11އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.