ހދ.ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން، މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓް އަމީނާ ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި މި އިންތިޚާބުގައި އަމީނާ އިންތިޚާބު ކާމިޔާބް ކޮށްފައިވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓު ބަލިކުރުމަށް ފަހުގައެވެ.
މިއިންތިޚާބު އަމީނާ ކާމިޔާބުކުރީ 132 ވޯޓުންނެވެ. އޭނާއާއި ވާދަކުރި، ޕީޕީއެމްގެ ކެނޑިޑޭޓް އައިޝަތު ސައީދަށް ލިބުނީ 104 ވޯޓެވެ. ޖޭޕީގެ ކެނޑިޑޭޓް ހަދީޖާއަށް ލިބުނީ 39 ވޯޓެވެ. މިއިންތިޚާބުގައި ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 47 އިންސައްތަ މީހުންނެވެ.
— Elections Commission (@ElectionsMv) November 27, 2021
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް އަންނައަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައެވެ.
އިންތިޚާބުތަކުގައި ވޯޓުލުމާއި ޑިމޮކްރަސީއަށް އާއްމުން ހޭލުންތެރިކުރުމުގެ އިތުރު މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުންވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ