އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށްސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު

އެމްއެމްޕީއާރުސީ ފައިސާގެ ތެރެއިން، ގެއްލުނު 50,000 ޑޮލަރު ދައުލަތަށް ދައްކަން ހުކުމްކޮށްފި

އެމްއެމްޕީއާރުސީ ފައިސާގެ ތެރެއިން، ގެއްލުނު 50,000 ޑޮލަރު ދައުލަތަށް ދައްކަން ހުކުމްކޮށްފި

ގުޅުންހުރި

އެމްއެމްޕީއާރުސީ ޚިޔާނާތުގައި ގެއްލުނު ފައިސާތަކުގެ ތެރެއިން އެމްއެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ އާއިލާ މީހެއްގެ ކުންފުންޏެއް އެކައުންޓަށް ޖަމާކުރި ފައިސާ އަނބުރާ ދައްކަން ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ފަހު ޑިޕޮސިޓްގެ ގޮތުގައި ދެއްކި 50،000 ޑޮލަރު (770،000ރ.) އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި، އެފައިސާ އަބުރާ ދެއްކުމަށް ހުކުމްކޮށްފައިވާއިރު، މިއީ މިމައްސަލާގައި ދައުލަތަށް އަބުރާ ފައިސާ ހޯދުމަށް ކުރި ފުރަތަމަ ހުކުމެވެ.

ގެއްލިގެން ދިޔަ ފައިސާ ހޯދަން ބައެއް ކުންފުނިތަކާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ހައި ކޯޓުން އިއްޔެ ހުކުމްކުރީ އދ. ފުށިދިއްގާ (ރަށްދިއްގާ) 50 އަހަރަށް ކުއްޔަށް ނެގުމަށްޓަކައި، އެ ކުންފުނިން ދެއްކި 50,000 ޑޮލަރު ޒިޔަތުގެ އާއިލާގެ ކުންފުންޏަކަށް ޖަމާކޮށްފައިވާތީ، އެ ފައިސާ ދައުލަތަށް ނަގައި ދިނުމަށެވެ.

ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކާ، އެޗްއެމްއެޗްއައި ކުންފުނިން ދިން ޗެކް ލިބިފައިވާ ކަމަށް ޒިޔަތު ސޮޔެއް ނުކުރެ އެވެ. އަދި އެ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ލުމުގެ ބަދަލުކޮށް ޖަމާކުރީ ޒިޔަތުގެ ބޮޑު ބޭބެއެއްގެ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.

ނަމަވެސް އެޗް.އެމް.އެޗް.އައިގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ އެކައުންޓުގެ ނަންބަރު 0484879 ޗެކުން އެމް.އެޗް ބޭންކް އެކައުންޓަށް ޖަމާވެފައިވާ ބައިލައްކަ ޑޮލަރަކީ އަކީ އެ ދެ ކުންފުނީގެ މެދުގައި ޑޮލަރު ވިއްކުމުގެ މުޢާމަލަތަކާ ގުޅިގެން ޖަމާވެފައިވާ ޗެކެއް ކަމަށް ބުނެ އެމް.އެޗް.އާރު އިން ދަށު ކޯޓުގައި ބުނިކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އެގޮތައް އެކުންފުނިން ބުނިނަމަވެސް ސާބިތުކުރުމަށް އެމް.އެޗް.އާރްގެ ފަރާތުން ދަށު ކޯޓަށް "ޑޮކިއުމަންޓް 2″ ގެ ގޮތުގައި އެޗްއެމް.އެޗް.އައި އިން އެމް.އެޗްއާރު އަށް 21 ނޮވެންބަރު 2017 ތާރީޚުގައި ދޫކޮށްފައިވާ 21,000 ޑޮލަރުގެ ޗެކެއް ހުށަހަޅާފައިވެއެވެ. ނަމަވެސް މި ޗެކަކީ އެޗް.އެމް.އެޗް.އައިގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484879 ޗެކުން އެމް.އެޗް.އާރުގެ ބޭންކް އެކައުންޓަށް 26 އޮކްޓޫބަރު 2014 ގައި ޖަމާވެފައިވާ ބައިލައްކަ ޑޮލަރު ޖަމާވުމުގެ މާ ފަހުގެ ތާރީޚެއްގެ ޗެކެއްކަމާއި އަދި ޗެކަކީ އޭގެ ޒާތުގައި މުޢާމަލާތެއް ސާބިތުކޮށްދެވިދާނެ ކާފީ ހެއްކަކަށް ނުވާއިރު، ޑޮކިއުމަޓް 2 ގެ ގޮތުގައި އެމް.އެޗް.އާރު އިން ހުށަހެޅި ޗެކަކީ ނަންބަރު 0484879 ޗެކުން ކުރެވުނު މުޢާމަލާތް ސާބިތުކޮށްދެވިދާނެ ހެއްކެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެޗްއެމްއެޗްއައިގެ ޗެކް އެމްއެމްޕީއާރްސީއަށް ޖަމާވެފައިނުވާ ކަމާއި އެ ޖަމާވީ އެމްއެޗްއާރްގެ އެކައުންޓަކަށް އެނގެން އޮތްކަން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ދައުވާ ރައްދުވާ އެމްއެޗްއާރްއަށް ސާބިތުކޮށްދެވިފައި ނެތްކަން ހުކުމްގައިވެއެވެ.

މި މައްސަލާގައި އެމްއެޗްއާރްއިން ވަނީ ހައިކޯޓަށް އާ ހެއްކެއް ހުށަހަޅާފަ އެވެ. ނަމަވެސް, ހައިކޯޓުގެ ފަނޑިޔާރުން މާނަ ކުރެއްވި ގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ޒިޔަތު ދީފައިވާ އެ ބަޔާންވީ އެ ކުންފުންޏާ ދެކޮޅު ހެއްކަކަށެވެ. ބަޔާނުގައި ޒިޔަތު ވަނީ ފުށިދިއްގާއާ ގުޅޭ މުއާމަލާތްތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދާފަ އެވެ. ނަމަވެސް އެ ބަޔާނުގައި ޗެކްގައި އެމްއެޗްއާރް ޖެހީ ކީއްވެކަން ނޭނގޭ ކަމާއި އެ ޗެކާ ހަވާލުވި ހަނދާނެއް ނެތް ކަމަށް ޒިޔަތު ބުނެފައިވެއެވެ.

އެޗްއެމްއެޗްއައި ކުންފުނީގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކީ އެ ކުންފުނިން އެމްއެމްޕީއާރްސީއަށް ނުވަތަ ދައުލަތަށް ދޫކޮށްފައިވާ ޗެކެއްކަން އެނގެން އޮތުމުން، އެ ޗެކުން އެމްއެޗްއާރުގެ ބޭންކް އެކައުންޓަށް 26 އޮކްޓޫބަރު 2014ގައި ޖަމާކުރި 50،000 ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ހައި ކޯޓުން ބުންޏެވެ.

50000 ޑޮލަރު އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް އެމްއެޗްއާރް ޓްރޭޑިންއަށް ހުކުމުގައި ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިމައްސަލާގައި ކުއްވެރިވާ މީހަކު އެ ފައިސާ ޖަމާވި ކުންފުނީގައި ނެތި އެކަނި ރައީސް ޔާމީން އެކައުންޓަށް ޖަމާކުރި ފައިސާ ބޭންކް އެކައުންޓް ގައި ހަމަޔަށް ބަހައްޓާފަ ހުއްޓަ ރައީސް ޔާމީން ވަގަކަށް ވީ ކިހިނެއް؟

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ