އެންސީބީގެ ޒޯން ވެރިޔާ ސަމީރަށް ޝާހްރުކް ދައުވާކޮށްފާނެ ކަމުގެ އިޝާރާތެއް!

އެންސީބީގެ ޒޯން ވެރިޔާ ސަމީރަށް ޝާހްރުކް ދައުވާކޮށްފާނެ ކަމުގެ އިޝާރާތެއް!

ބޮލީވުޑްގެ ސުޕަރ ސަސްޓަރ ޝާހްރުކް ޚާންގެ ދޮށީ ދަރި އާރިޔާން ޚާންގެ މައްޗައް މަސްތުވާ ތަކެތީގެ ތުހުމަތުކޮށް، ހައްޔަރު ކުރި މައްސަލާގައި، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ މުމްބާއީ ޒޯންގެ ވެރިޔަކަށް ހުންނެވި ސަމީރު ވަންކަޑޭގެ މައްޗަށް ޝާހު ދައުވާ ކޮށްފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިދިއަ މަހުގެ ދެވަނަ ދުވަހުގައި އާރިޔާން ހައްޔަރު ކުރުމަށް ފަހު ޖަލުގައި 28 ދުވަހު ވަނީ ބަހައްޓާފައެވެ. ނަމަވެސް މިދިއަ ހޮނިހިރު ދުވަހު މުމްބާއީ ހައިކޯޓުން ނިންމާފައިވަނީ އާރިޔާން ޖަލުގައި ގެންގުޅުނީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެއްވެސް ހެއްކެއް ނެތި ކަމަށެވެ.

އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އާރިޔާން ހައްޔަރު ކުރީ ކުރޫޒް ލައިނެއްގައި މަސްތުވާ ތަކެއްޗާއެކު ޕާޓީ ކުރަނިކޮށް ކަމަށް އެންސީބީން ވަނީ ބުނެފައެވެ. ނަމަވެސް ކޯޓުން ބުނަނީ އާރިޔާން ޖަލުގައި ބެހެއްޓީ އެކަށީގެން ވާ އެއްވެސް ހެއްކެތް ނެތި ކަމަށެވެ. އަދި ތަހުގީގުގައި ވެސް މިފަދަ ކަމަކަށް ތުހުމަތު ކުރެވޭވަރުގެ ހެއްކެއް ނުދެއްކުނު ކަމަށާއި ކްރޫޒް ލައިންއަކުން އާރިޔާން ފެނުމުން އޭނާގެ ބޮލުގައި ތުހުމަތު އެޅުވޭނެ ސަބަބެއް ނެތް ކަމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ގަނޑުގައި އާރިޔާންގެ 7 ރައްޓެހިންވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އެއީ ސިޔާސީ ކަންތައްގަނޑެއް ކަމަށް އޭރުވެސް ބައެއް މީޑިއާ ތަކުން ދިއައީ ބުނަމުންނެވެ. އަދި އެކަށީގެންވާ ހެކި ނެތް ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަ މީޑީއާ ރިޕޯޓު ތަކެއްގައި ބުނެފައިއެވެ. އަދި މިއީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ ވެސް އަޑީގައި އޮވެގެން ޝާހްރުކަށް ގެއްލުންދީ އޭނާގެ ނަން ހަރާބުކުރަން ކުރި ކަމެއް ކަމަށް ތުހުމަތު ކުރި އެވެ.

އާރިޔާންއާ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ކޯޓުން ބުނެފައިވާތީ، އެންސީބީގެ ޒޯނަލް ޑިރެކްޓަރަކަށް ހުންނެވި ސަމީރަށް ދައުވާ ކުރަން ޝާހުގެ ގާނޫނީ ޓީމުން އަންނަނީ ވަރަށް ބޮޑަށް ލަފާ ދެމުން ކަމަށް މީޑިއާތަކުން ބުންނެއެވެ. އޭނާގެ ގާނޫނީ ޓީމުގައި އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލް މުކުލް ރޮހާތުގީ ވެސް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *