ތިލަމާލެ ބްރިޖް އެޅުމަށް އިންޑިއާއިން 15 މިލިއަން ޑޮލަރު ދީފި

ތިލަމާލެ ބްރިޖް އެޅުމަށް އިންޑިއާއިން 15 މިލިއަން ޑޮލަރު ދީފި

Author
މުޙައްމަދު ޖިމީ
24 ނޮވެމްބަރ 2021 01:33
0

ތިލަމާލެ ބްރިޖް އެޅުމަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ރާއްޖެއަށް ދީފިއެވެ.

މާލެ ވިލިމާލެ ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމުގެ މި މަޝްރޫޢޫއަށް އިންޑިއާއިން ދިން މި ފައިސާއަކީ މި މަޝްރޫޢުއަށް ބޭނުންވާ ފައިސާއާއި މީހުން ހޯދުމަށް ދިން ފައިސާއެވެ. ތިލަމާލޭ ބްރިޖް އެޅުމަށް އިންޑިއާއިން މީގެ ކުރިންވެސް ރާއްޖެއަށް ވަނީ އެގްޒިމް ބޭންކް މެދުވެރިކޮށް 60 މިލިއަން ޑޮލަރު (925.2 މިލިއަން ރުފިޔާ) ދީފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވެސް އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅަފައިވަނީ ބްރިޖް މަޝްރޫޢުއަށެވެ. 663.4 މިލިޔަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނަފައެވެ. މި މަޝްރޫޢުގެ ސަރވޭގެ މަސައްކަތްތައް މިހާރުވަނީ ފަށާފައެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ތެރެއިންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެފްކޯންސް އިންފްރާސްޓަރަކްޗަރއިންނެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަތްދައިދި
ތިޔައީ އެމީހުން މި ރާއްޖެއިން ނަގާފައިވާ ސަރަހައްދުތަކުގެ ކުލި ނޫންބާ . ޢަހުންނަށް ހީވަނީ ތިޔަފައިސާއަކީ ކުލި ހެން ހިލޭ އެހީއޭ މޯދީގެ ބޮލޭ ކިޔަސް.
ޢ ޢަވާމެނދުރު
hileeta noonee loonugegotugaata