އިންޑިއާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ދިޕިކާ ޕަދުކޯންގެ މެނޭޖަރ ކަރިޝްމާ ޕްރަކާޝްގެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ފެނުނު ފަހުން، އޭނާ ގެއްލިއްޖެ ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.
އެންސީބީއަށް ވަނީ އެ ގެއިން 1.7 ގްރާމް ޗަރަސް އާއި ދެ ފުޅި ސީބީޑީ އޮއިލް ވަނީ ފެނިފައެވެ. އެންސީބީން އޭނާ އާ ސުވާލު ކުރުމަށް، އޭނާގެ ފޯނަށް ގުޅިއެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު، އޭނާއާ ގުޅޭގޮތްވެފައި ނުވާ ކަމަށް ވެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ ގެއްލިފައިވާއިރު، މަޝްހޫރު ތަރިންނާއި ގުޅޭ އެޖެންސީއެއް ކަމަށްވާ ކްވާންގެ މެންބަރުންނާއި އެންސީބީން ވަނީ ސުވާލުކޮށްފައެވެ. ކްވާން އަކީ ދިޕިކާ އާއި އަދިވެސް މަޝްހޫރު ތެރިންނާއި ޑީލް ކުރާ ބައެއް ކަމަށް ވެއެވެ. މީގެ އިތުރުން، އެންސީބީން ތުހުމަތު ކުރާގޮތުގައި އެ އެޖެންސީއަކީ ތަރިންނަށް މަސްތުވާތަކެތީގެ ޑީލްތައް ހަދާ ބައެކެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުގައި، ކަރިޝްމާ ވަނީ ބެއިލްއަށް އެދި އެންޑީޕީ ކޯޓަށް ހުށަހަޅާފައެވެ. އޭނާ ހުށަހެޅި މައްސަލައާ އެންސީބީން ވަރަށް ބޮޑަށް ދެކޮޅެވެ. އެއީ އެންސީބީން ގުޅުމުންވެސް އޭނާ ފޯނު ނުނަގާތީ ކަމަށް އެންސީބީން ބުނެފައި ވެއެވެ.
އޭނާ އެއްވެސްކަމެއް ސިއްރު ނުކުރާނަމަ، ޖެހޭނެ ކަންނޭގެ އަހަރުމެންނާއި ގުޅިގެން މައްސަލަ ކުރިއަށްގެންދަން
– އެންސީބީގެ އޮފިޝަލަކު މީޑިއާ ތަކަށް މައުލޫމާތުދެމުން ބުނެފައި ވެއެވެ.
ބޮލީވުޑްގެ ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވެފައި ވަނީ ސުޝަންތް ސިންގ ރާޖްޕުތްގެ މަރަށްފަހުއެވެ.
ކޮމެންޓު ފޮނުވާ