މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފި

މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2021 03:24
0

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފައިވަނީ ސީދާ ކޮންކަމާއި ގުޅިގެންކަމެއް ޑިފެނެސް މިނިސްޓްރީން އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފަނީ 6 ދުވަހުގެ ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ކޮޗީގެ އިތުރުން ކަންނޫރަށްވެސް ވަޑައިގަންނަވާނެއެވެ. ރާއްޖޭގެ ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާރިޔާ ވެގެން ދާނީ އިންޑިއަން ނޭވަލް އެކަޑަމީގައި ޕާސިންގް އައުޓް ޕެރޭޑް ރިވިއު ކުރައްވާ ގައުމުން ބޭރު ފުރަތަމަ ޑިފެންސް މިނިސްޓަރަށް ކަމަށެވެ.

އަދި މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ރާއްޖޭގެ ސިފައިން އިންޑިއާގައި ތަމްރީން ހަދަމުންދާ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށްވެސް ހައިކޮމިޝަނުން ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފައިވާ މިވަގުތަކީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުނަތައް ހާމަކުރުމަށް ގޮވާލައި މުޒާހަރާތައް އިތުރުކޮށްފައިވާ ވަގުތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.