ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސަވާ ވަގުތީ ގެކޮޅު "މުރައިދޫގެ" ސަރަހައްދުގައި ރަތް ރޮނގުދަމައި ރެޑް ޒޯނެއްކަމަށް އެ ސަރަަހއްދު ކަނޑައަޅައިފިއެވެ. އެސަރަހައްދުގައި ރަތް ރޮނގު ދަމާފައިވަނީ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުންނެވެ.
ރައީސް ނަޝީދު ކޮޕް26 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ދިރިއުޅުއްވުން ވަނީ އެ ގެއަށް ބަދަލުކޮށްފައެވެ.
މުރައިދޫގެ ސަރަހައްދު ރެޑް ޒޯންކަމަށް ކަނޑައަޅާފައިވާއިރު މިއީ ފަހުގެ ތާރީޚެއްގައި ރެޑް ޒޯން ކަނޑައެޅި ފުރަތަމަ ފަހަރެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދިރިއުޅުއްވާ ގެކޮޅާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅު ސަރަހައްދުގައިވެސް ރަތް ރޮނގު ދަމާފައި ނުހުރެއެވެ.
ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ރަތް ރޮނގު ދަމާފައިހުރުމުން އެސަރަހައްދުގައި މަޑުކޮށްގެން ހުރުމަކީވެސް މަނާކަމެކެވެ.
މުރައިދޫގެ ސަރަހައްދުގައި ރަތް ރޮނގު ސިޓީ ކައުންސިލުން ދަމާފައިވަނީ އެމްއެންޑީއެފް އިން އަންގައިގެންނެވެ. މުރައިދޫގެ ސަރަހައްދު ރެޑް ޒޯނަކަށް ބަދަލުކޮށްފައ ވީނަމަވެސް ކަމާގުޅޭ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް އަދި މިހާތަަނށް ބުނެފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ރަސްމީ ދާއިމީ ގެކޮޅެއް އެޅުމަށް ކަނޑައަޅަފައިވަނީ ސުޕްރީމް ކޯޓު ކުރިމަތީ އޮތް ބިމެވެ. ނަމަވެސް އޭގެ ކުރިން ވަގުތީ ގޮތުން ހުންނަވާނީ މުރައިދޫ ގޭގައެވެ.
ރައީސް ނަޝީދަށް ދައުލަތުން ބޮޑު ޚަރަދެއް ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖޭގައި ބޭރުގައި ކުރެއްވި ބޭސްފަރުވާއަށް 1.6 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްކޮށްފައިވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ޖެންގައި 21 ދުވަހު (ތިން ހަފުތާ) ގައި ނަޝީދު ހުންނެވުމަށް މިހާތަނަށް 698،168ރ. ވަނީ ހޭދަވެފައިވެއެވެ. މިއީ ބޭސްފަރުވާއަށް ފަހު އެމަނިކުފާނު ރާއްޖެ އިން ބޭރުން ވަޑައިގެންނެވި ފަހުން މިހާތަނަށް ހިނގާފައިވާ ހަރަދެވެ
2 Responses
5 އަހަރުގެ ދައުރެއް ހަމަނުކޮށް 3 އަހުރުގެ ވެރިކަމެއް ކުރިމީހަކަށް ދައުލަތުގެ ފައިސާއިން އެވަރުގެ ބޮޑުޚަރަދެއް ކުރާކަށް ނުޖެހޭ ވަރަށްބޭއިންސާފް
ތިޔަކަން ވެސް ކުރަންވީ…އަދި ދިވެހި ވަގު ބޭންކުން ރޯމާ ދުވާލު މިކުރާ ވައްކަން ހުއްޓުވަން ވެސް ވެއްޖެނު. އެތަނުގައި އެބަ އުޅޭ ޔާމީނު ދައުރުގައި ލާފަ ތިބި ވަގުން ތަކެއް .އާދޭސް ކޮށްފަ މިބުނަނީ މުޅި ބޭންކު އޯވަހޯލް ކޮށްބަލަ..ގަޓު ހުރެގެން ވާނީ. ނުވަންޏާ އިސްތިޢުފާދީ.