ގައުމީ އަރުޝީފުގެ ރައީސް މުހައްމަދު އާސިފް (މޮންދު) ދައުލަތުގެ މީޑިއާ ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑަށް އައްޔަންކުރައްވައިފިއެވެ.
މޮންދު ޕީއެސްއެމްގެ ބޯޑަށް އައްޔަންކުރެއްވީ ކޮން މެންބަރަކު ދުރުކުރައްވައިފާކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބޯޑުގައި ހިމެނިވަޑައިގަންނަވާ މިދުހަތު ދުރުކުރުމަށް އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.
މޮންދު ޕީއެސްއެމްގެ ބޯޑަށް އައްޔަންކުރައްވާފައިވާއިރު، އޭނަ ވަނީ ޓެލެވިޒަން މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ)ގެ މަޤާމުވެސް ކުރިން އަދާކުރައްވާފައެވެ. ބްރޯޑްކާސްޓިން ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުމަށްފަހު މޮންދު ރިޓަރކުރެއްވުމަށްފަހު ވަނީ އަމިއްލަ ބައެއް މަސައްކަތް ކުރައްވާފައެވެ. މޮންދު ވަނީ ވީޓީވީ ހިންގުމުގައިވެސް މަސައްކަތްކުރައްވާފައެވެ. ޓީވީއެމްގައި 23 އަހަރު މޮންދު ވަނީ ހިދުމަތް ކުރައްވާފައެވެ.
ޕީ.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އާއެކު އެ ބޯޑުގައި ފަސް މެމްބަރުން ހިމެނެއެވެ.
މޮންދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. މީގެ އިތުރުން މޮންދުއަށް ވަނީ ގައުމީ އިނާމް ވެސް ލިބިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ