އެސްޓީއޯއާއި ގުޅިގެން މަނީލޯންޑަރ ކުރާކަމުގެ ތުހުމަތު ޤާސިމް ދޮގުކޮށްފި

އެސްޓީއޯއާއި ގުޅިގެން މަނީލޯންޑަރ ކުރާކަމުގެ ތުހުމަތު ޤާސިމް ދޮގުކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2021 08:26
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ ދައުލަތުގެ ވިޔަފާރި އެންމެ ބޮޑު ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ގުޅިގެން ކޮރަޕްޝަނުގެ އަމަލެއް ހިންގައި، އެ އަމަލުގެ ތެރެއިން ލިބޭ ފައިސާ ވިލާގެ އެކި ވިޔަފާރިތައް ބޭނުންކޮށްގެން މަނީލޯންޑާ ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަތައް ޤާސިމް ދޮގު ކުރައްވައިފިއެވެ.

"ދިޔަރެސް" ނޫހުގައި ލިޔެފައިވާ އާޓިކަލްގައި ހުރި ވާހަތައް ދޮގުކޮށް، ޤާސިމް ވިދާޅުވެފައިވަނީ މީގެކުރިންވެސް މިފަދަ މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށެވެ. އެގޮތުން ކޮއިމަލާ ކިޔާ ނޫހެއްގައި ޤާސިމްއާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް އެތައް ވާހަތަކެއް ދައްކައި، ރައްޔިތުންގެ ތެރޭގައި އޭނާގެ އަގުވައްޓާލަން މަސައްކަތް ކުރަމުން ދިޔަކަމަށެވެ.

މީގެ ކުރިން ކޮއިމަލާ ކިޔާ ނޫހެއްގައިވެސް އަދި އެނޫން ނަންނަމުގައިވެސް ޤާސިމާއި ދިމާލަށް ހަގީގަތާއި ޚިލާފް އެތައް ވާހަކަ ފަތުރަމުން ގެންދިޔަ ދުވަސްތަކެއްދިޔަ. އެންމެ ދުވަހެއްވެސް ރެއެއްވެސް ނުދޭ ކޮންމެވެސް ދޮގު ޚަބަރުތަކެއް ނުލިޔާ. އެކަންކުރި ބޮޑު މީހާ އަނެއްކާވެސް އެފެށީ އެކުޅިގަނޑު ކުޅެން. ވީމާ ހައިރާންނުވޭ މިފަދަ ދޮގު ޚަބަރުތައް ފަތުރާތީއެއް. މިނޫހުގެ ވެރިންނަކީ ކޮންބައެއްތޯ ބެލީމާ އެގޭނެ މިކަން މިކުރަނީ ކީއްވެގެންކަން. މިބުނާ ކޮއިމަލާ ނިކުންނަން ފެށީ 2003ގެ ފަހުކޮޅުން ފެށިގެން.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭރުވެސް މަސައްކަތް ކުރީ އިސްލާހަށް ކަމަށާއި، އަދި އެމަސައްކަތް ފެށުމުން މިއަދެެކޭ އެއްގޮތަށް ތަފާތު ތުހުމަތުތައް ބޮލުގައި އެޅުވިކަމަށެވެ. ނަމަވެސް މިއަދުވެސް މިކުރެވޭ މަސައްކަތަކީ ހަމަ އެއްބޭފުޅަކު އަޑީގައި ހުންނަވައި ޤާސިމާއި ޒާތީ ގޮތުން ދިމާކުރުންކަމަށެވެ. ނަމަވެސް މިކަން ކުރަމުންދަނީ ކުރިއަށް އޮތް އޮންތިޚާބުގައި އެބޭފުޅަކަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވުމުން ކަމުގައި ޤާސިމް ވިދާޅުވިއެވެ.

އޭރުގައި އޮތް ރެޖީމް ބަދަލު ކުރަން މިނިވަންކަމަށް މަސައްކަތް ޤާސިމް ފެށުމުން. އޭރުގައި އޮތް ރެޖީމް ބަދަލުކުރަން މިނިވަންކަމަށް މަސައްކަތް ޤާސިމުމެން، އެންމެ ގަދަޔަށް މަސައްކަތް ކުރަމުންދިޔަ ދުވަސްވަރުގައި ބާރުވެރިކަން އަތުން ބީވަނީކަން ވިސްނިގެން. މިއަދުވެސް ވެރިކަމަށް ކުރިމަތި ނުލެވިދާނެކަމާއި، އަދި ކުރިމަތިލެވުނަސް ނުހޮވޭނެކަން ރަނގަޅަށް ވިސްނޭތީ އަމާ ކައިރިޔަށް ވަތްމީހާ ބުނިހެން މަށޭ ކިޔާހޭ އެހިފަދައިން ހިނގާކަންކަން ކަން ހަމަ ޔަގީން.

– ޤާސިމް ވިދާޅުވިއެވެ.

ދިޔަރެސްއިން ލިޔެފައިވާ އާޓިކަލްގައި ވަރަށް ތަފްސީލީ ގޮތަކަށް އެސްޓީއޯއާއި ވިލާ ކުންފުންޏާއި ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތައްވެސް ހިމަނާފައިވެއެވެ. އަދި މިމައްސަލަ މިހާރު އެސީސީއަށް ވަނީ ހުށަހަޅާފައެވެ. މި ކޮރަޕްޝަނުގެ ތެރެއިން ޖުމްލަ 97 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް އޭސީސީއަށް ފޮނުވި ސިޓީގައި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ. އެގޮތުން މަހެއްގެ މައްޗަށް އެސްޓީއޯއިން އެވެރެޖު ގޮތެއްގައި 3 މިލިއަން ޑޮލަރުގެ ތެޔޮ ރާއްޖެއަށް އެތެރެކުރާ ކަމަށާއި، އަހަރަކަށް 32 މިލިއަނެއްހައި ޑޮލަރު ނުވަތަ 500 މިލިއަނެއްހައި ރުފިޔާގެ ތެޔޮ އެތެރެކުރާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މިހާރު އެ މުއާމަލާތް ހިނގާ ގޮތަށް ކުރިއަށް އޮތް 3 އަހަރު އެ މުއާމަލާތް ހިންގައިފިނަމަ ޖުމްލަ 97 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށްވެސް އޭނާ ބުނެއެވެ. އެއީ އެމްއެމްޕީއާރުސީއަށްވުރެ ބޮޑު ކޮރަޕްޝަނުގެ މައްސަލައެއް ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވިޔާފާރި
ގާސިމަކީީ ކުޑަކުދިންގޮތައްް ބޭނުންވާހާއެއްޗެއްނުލިބިއްޖެއްޔާާ ވަރައްް ބޮޑާހާކާމީހެއްް މުސްކުޅިންބުނެއުޅޭޭ އަޑެއްކިޔާފިއްޔާާ ރެނދެއްލާނޭޭ ތީގެވެސްް ހަގީގާތްް ބަލަމާާ